2 ކޮންޓެއިނާގެ ސިނގިރޭޓް މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
2 ކޮންޓެއިނާގެ ސިނގިރޭޓް މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭ ޕޯޓުން 2 ކޮންޓެއިނާގެ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށް، އެ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން އޮކްޓޯބަރު 21 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ / ލިންކް، ޙަސަން ޢަބްދުއްރަޙްމާން (52 އަހަރު) އެވެ.

ހައްޔަރުކުރެވުނު ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައަކީ ހުޅުމާލޭ ޕޯޓުން ގެއްލުނު ސިނގިރޭޓް ކޮންޓެއިނާތަކާ ގުޅޭ މައްސަލައެއް ކަމަށްވާއިރު، މި މައްސަލައިގެ ތަހުގީގު މިވަގުތު ދަނީ ކުރިއަށެވެ. 

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ދަޢުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެއެވެ.

މިއަދު އޮންލައިން