ވެމްކޯއާއި ހަވާލުކޮށް އިސްދޫގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ވެމްކޯއާއި ހަވާލުކޮށް އިސްދޫގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ހައްދުންމަތީ އިސްދޫގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. މި މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައެވެ.

ސަރުކާރުން މަޢުލޫމާތު ދެއްވާގޮތުގައި، މި މަރުކަޒުގެ މަސައްކަތް ނިމުމުން އިސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މި މަރުކަޒަކީ ރަށުގެ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއް ކަމުގައި ބެލެވެއެވެ.

އިސްދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަކީ ސަރުކާރުގެ ތިމާވެށި ރައްކާތެރިކުރުމުގެ އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަރުކަޒު މެދުވެރިކޮށް ރަށުގެ ކުނި ރަނގަޅު ގޮތުގައި ނައްތާލުމާއި، ރީސައިކަލް ކުރެވޭނެ ކުނި ވަކިކޮށް، އެ ތަކެތި އަލުން ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން