ކިތަންމެ ބޮޑުކުށެއްކޮށްފައިވެސް އެކަން ޤަބޫލުކުރެވި އިޚްލާޞްތެރިކަމާއެކު މާފަށް އެދިއްޖެނަމަ ދެވަނަ ފުރުޞަތު ދޭންވީ އޭނާއަށްޓަކައެއް ނޫން! އެކަމުން ތިމާއަށް ކުރާނެ ފައިދާ މާބޮޑުވާނެތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކިތަންމެ ބޮޑުކުށެއްކޮށްފައިވެސް އެކަން ޤަބޫލުކުރެވި އިޚްލާޞްތެރިކަމާއެކު މާފަށް އެދިއްޖެނަމަ ދެވަނަ ފުރުޞަތު ދޭންވީ އޭނާއަށްޓަކައެއް ނޫން! އެކަމުން ތިމާއަށް ކުރާނެ ފައިދާ މާބޮޑުވާނެތީ!

ބައިވެރިޔާއަށް ކުށެއް ކުރެވިއްޖެނަމަ ދެވަނަ ފުރުޞަތު ދިނުމަށް ގިނަބައަކު ފަސްޖެހެނީ އެއީ އަނެކާއަށް ކޮށްދެވޭ ހެޔޮކަމެއް ކަމަށް ވިސްނޭތީ އޭނާއަށް ހެޔޮކަމެއްކޮށް ނުދޭންވެގެންނެވެ. ނަމަވެސް މިކަމަށް ބަލައިފިނަމަ ކިތަންމެ ބޮޑުކުށެއްކޮށްފައިވެސް އެކަން ޤަބޫލުކުރެވި އިޚްލާޞްތެރިކަމާއެކު މާފަށް އެދިއްޖެނަމަ ދެވަނަ ފުރުޞަތު ދޭންވީ އޭނާއަށްޓަކައެއް ނޫނެވެ.  އެކަމުން ތިމާއަށް ކުރާނެ ފައިދާ މާބޮޑުވާނެތީއެވެ.   

ގިނަ ބައަކަށް ކުރަން އެންމެ އުނދަގޫކަމަކަށްވެފައި އޮންނަ އެއް ކަމަކީ ބައިވެރިޔާ ބޭވަފާތެރިވެއްޖެނަމަ އަލުން އިތުބާރުކުރުމެވެ. ދެވަނަ ފަހަރަށް އިތުބާރުކުރުމެވެ. އެހެންވެ ބައިވެރިޔާ އިޞްލާޙްވީ ނަމަވެސް އެކަން ބަލައިގަތުން އޮންނަނީ ވަރަށް ދަތި އުނދަގޫ ކަމަކަށްވެފައެވެ.  

އެހެންވެ މިކަމާއި ގުޅިގެން ވަރަށް ގިނަ ބައަކު ތަފާތު ސުވާލުތައް ކުރެއެވެ. އަހުރެން ބުނާނީ ބައިވެރިޔާ އިޞްލާޙްވެއްޖެނަމަ ދެވަނަ ފުރުޞަތެއް ދިނުމުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެ ކަމަށެވެ. ދެން އުފެދޭނެ ސުވާލަކީ އިޞްލާޙްވިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟  

މިއީ ވަރަށް މުހިންމު ސުވާލެއްވެސްމެއެވެ. އަހުރެން ބުނާނީ އެކަން އެނގޭނީ އޭނާގެ ބަސްމަގުގެ އިތުރުން އޭނާގެ ޢަމަލުތަކުން ކަމެވެ. ބަސްމަގު އޯގާތެރިވެފައި ޢަމަލުތައް ސީދާކޮށްފިކަން ޔަޤީންކުރެވިއްޖެނަމަ މާފުކޮށް ދެވަނަ ފުރުޞަތުދޭން ފަސްނުޖެހޭށެވެ!  

މައްސަލައެއް ޖެހުމުން ނުވަތަ ކުށެއް ކުރެވުމުން މާފަށް އެދިއްޖެނަމަ އެއިގެ މާނައަކީ އިޞްލާޙް ވުމުގެ ނިޔަތެއް އޭނާގެ ކިބައިގައި އެބަ އޮތެވެ. ދެން ބަލަންވީ އެއީ ހަމަ ތެދު ޙަޤީޤަތެއްތޯއެވެ!  

ވިސްނާށެވެ! މާފުނުކޮށް އޭނާ އާއި ވަކިވެ ދެން ގުޅޭ މީހާ ހަމަ އެއްވެސް ކުށެއް ނުކުރާނީ ހެއްޔެވެ؟ އެއީވެސް ވުން ވަރަށް ނާދިރު ކަމެކެވެ. ހަމައެއާއިއެކު ދެވަނަ ފުރުޞަތު ދިނުމުން އިޞްލާޙްވާ ބައިވެރިޔާގެ ކިބައިން ފަހުން ލިބޭ ލޯތްބާއި އަޅައިލުން މާބޮޑުތަނުން އިތުރުވެގެންދާކަން އެއީވެސް ތަޖުރިބާއިން އެނގެން އޮތް ކަމެކެވެ. ވީމާ އުފާވެރިކަމަށް އެދޭމީހާއަށް އޮތީ މާފުކުރުމާއި ދެވަނަ ފުރުޞަތުި ދިނުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން    

މިއަދު އޮންލައިން