ސުއިޒާ
ފެޝަންފުރުޓް ދޮންކޭލާ އެކު:
1 ފެޝަންފުރުޓްގެ އޮށްކޮޅު ނަގާށެވެ.
2 ވައް ދޮންކެޔޮ އަދި
1 ޖޯޑު ކިރު.
3 ބާވަތް އެއްކޮށް މިކްސަރުން ގިރާލާށެވެ. ހިމުންވެ އޮލަ ވަންދެން ގިރާލާށެވެ.
މި ބުއިމަކީ އެންޒައިޓީއަށް ރަނގަޅު، ނިދަން އުނދަގޫވާ މީހުންނަށް ނިދަން ފަސޭހަ ކޮށްދޭ، ފެޓީގް ދަށްކޮށްދޭ، ފޮނި އެއްޗެހި ކާހިތްވުމާއި ދުރުކޮށްދީ އަދި މަސްގަނޑު ވަރުގަދަ ކޮށްދޭ ބުއިމެކެވެ.
ކިރާއި ދޮންކޭލަކީ ގިނަބައަކު ކޮންމެ ދުވަހަކުވެސް ބޭނުންކުރާ އެއްޗެކެވެ. އިތުރަށް ހޯދައިލާން މިޖެހެނީ އެންމެ ޕެޝަންފުރުޓެކެވެ. އިނގިރޭސިވިލާތުގައި އެންޒައިޓީއަށް ދެމުން އައި 3 ބާވަތެއްގެ ބޭސް މިދިއަ ހަފްތާގައިވެސް މަނާކޮށްފިއެވެ. މަނާކުރާނީ މައްސަލަތަކެއް ހުރީމައެވެ. ޔަޤީނުންވެސް މިބުއިމުން ފައިދާ ނޫން ކަމެއް ނުކުރާނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޞިއްޙީ ޚަބަރު