ސިފައަށް ނުބަލާށެވެ! މިސިފަތައް ހުރި އަންހެނަކާ ބައްދަލުވެއްޖެނަމަ އެއީ ﷲ ތިބާގެ ޙަޔާތަށް ފޮނުއްވެވި އަންހެނަކުކަން ދެނެގަނެ އަވަހަށް ކައިވެނިކުރާށެވެ!

ކިޔުމަށް ހޭދަވާނީ 1މ 17ސ
ސިފައަށް ނުބަލާށެވެ! މިސިފަތައް ހުރި އަންހެނަކާ ބައްދަލުވެއްޖެނަމަ އެއީ ﷲ ތިބާގެ ޙަޔާތަށް ފޮނުއްވެވި އަންހެނަކުކަން ދެނެގަނެ އަވަހަށް ކައިވެނިކުރާށެވެ!

ސުއިޒާ

ތިބާ ދެކެ ލޯބިވާ އަންހެނަކާ ﷲ ތަޢާލާ ތިބާޢަށްޓަކައި ފޮނުއްވަވާފައިވާ އަންހެނެއްގެ ތަފާތު އެނގޭހެއްޔެވެ؟ ނުއެނގޭނަމަ އަޑުއަހާށެވެ! މިބުނެދެނީއެވެ. 

ތިބާ ދެކެ ލޯބިވާ އަންހެނަކު ނަމަ ތިބާގެ ހިނިތުންވުމާއި، ތިބާގެ ބުރުސޫރައާއި، ތިބާގެ ކާމިޔާބީއަށް ތަޢުރީފް ކުރާނެއެވެ.  

އެހެނަސް އެއީ ތިބާއަށްޓަކައި ﷲ ތަޢާލާ ފޮނުއްވާފައިވާ އަންހެނަކުނަމަ އޭނަ ތަފާތުވާނެއެވެ.  

ތިބާގެ އަތުގައި އެއްވެސް އެއްޗެއް ނެތްނަމަވެސް އޭނަ ތިބާދެކެ ލޯބިވާނެއެވެ. ތިބާ ނުބުނިކަމުގައި ވީނަމަވެސް އޭނަ ތިބާއަށްޓަކައި ހެޔޮދުޢާ ކުރާނެއެވެ. ތިބާގެ އުނި ކަންކަން އޭނާއަށް ފެނުނު ނަމަވެސް އޭނާ އެކަން ފޮރުވައިދޭނެއެވެ. ދުނިޔަވީގޮތުން ތިބާ އޭނާއަށް ދޭ އެއްޗެހީގެ ފަހަތަކުން އޭނާ ނުދުވާނެއެވެ. އޭނާ އެންމެ އުފާކުރާނެ ކަމަކީ ތިބާ އޭނަ ސުވަރުގެއަށް ދިއުމަށް ކޮށްދޭ ކަންކަމެވެ.  

ދަތި އުނދަގޫ ކަމާއި ފަޤީރު ކަމަކުން އަދި ތިބާއާއިވާ ދުރު ކަމަކުން އޭނާގެ ވަފާތެރިކަމަކަށް ބުރެއް ނުއަރުވާނެއެވެ. އެއިގެ ބަދަލުގައި ކޮންމެ އިމްތިހާނަކާއި ދެމީހުން އެކުގައި ކުރިމަތި ލުމުން އެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.  

ހަޤީގަތަކީ، ތިބާގެ ހަޔާތަށް އެފަދަ އަންހެނަކު އިޚްތިޔާރު ކޮށްފިނަމަ، އެއީ ހަމައެކަނި ލޯތްބެއް ނޫނެވެ. އެއީ ބަރަކާތެކެވެ. އެއީ އަމާންކަމެވެ. އެއީ މުއްސަނދި ކަމަކުން އަގުކޮށް ނުގަނެވޭނެ ބަރަކާތެކެވެ.  

އޭނާގެ ސިފައަށް ނުބަލާށެވެ! މާލީ ޙާލަތަށާ ޢާއިލީ ނިޞްބަތަށްވެސް ނުބަލާށެވެ! މިސިފަތައް ހުރި އަންހެނަކާ ބައްދަލުވެއްޖެނަމަ އެއީ ﷲ ތަޢާލާ ތިބާގެ ޙަޔާތަށް ފޮނުއްވެވި އަންހެނަކުކަން ދެނެގަނެ އަވަހަށް ކައިވެނިކުރާށެވެ! ކައިވެނީގައި ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ

 

މިއަދު އޮންލައިން