ތަޤްވާވެރި ތަނަވަސް އަންހެނަކަށް ގެއްލުންދޭން ސިޙުރުވެރިއަކު ފޮނުވި ޖިންނި ބަލިކޮށް ވަޤުތުން ފޮނުވާލަން އޭނާ އަމަލުކުރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ތަޤްވާވެރި ތަނަވަސް އަންހެނަކަށް ގެއްލުންދޭން ސިޙުރުވެރިއަކު ފޮނުވި ޖިންނި ބަލިކޮށް ވަޤުތުން ފޮނުވާލަން އޭނާ އަމަލުކުރި ގޮތުގެ ވާހަކަ-

އެއްދުވަހު އަހުރެންގެ އޮފީހަށް އާދައާ ޚިލާފަށް ރީތި އަންހެނަކު އައިސް ވަޒީފާޢަކަށް އެދުނެވެ. އޭނާ ދިން ސީވީގައި އަތްލިތަނާހެން އަތް ތުރުތުރުއަޅައިގަތެވެ. ވީމާ މިއީ އާދަޢާ ޚިލާފް ކަމެއްކަން ވަޤުތުން ވިސްނުނެވެ. އެހެންވެ ބުނީމެވެ. "ތިބާއަށް ދޭނެ ވަޒީފާއެއް ނެތެވެ." އެހެން ބުނުމުން އޭނާ ނުކުމެގެންދިއައީ ނުބައި ބަސްތައް ބުނަމުންނެވެ. ބަދަލުހިފާނެކަމަށްވެސް ބުނެފައެވެ. އެކަމަކަށް އަހުރެން ކަންބޮޑެއް ނުވަމެވެ.  

އެރޭގެ މަޣްރިބްނަމާދަށްފަހު ޚަތިމް ނަގައިގެން ކިޔަވަން އިނދެފައި ކުޑަދޮރުގެ ބިއްލޫރިގަނޑަށް ބަލައިލެވުނުއިރު ދުރުން އައްޔެއް އައުދެއެވެ. އަލި އައިސް ދޮރުގެ ބިއްލޫރިގަނޑު ފަޅާލާފައި އެތެރެއަށް ވަދެ އަހުރެންނާއި ދިމާއަށް އަންނަން ފެށުމުން ބަޤަރާސޫރަތް ކިޔަވަމުން އަލިގަނޑާއި ދިމާއަށް ޚަތިމް ދިއްކޮށްލީމެވެ. ދިއްކޮށްލައިގެން އިރުކޮޅަކު އިނދެފައި ބަލައިލިއިރު އެއިގެ އަސަރެއް ފެންނާކަށް ނެތެވެ. އަހުރެން ބަޤަރާސޫރަތް ކިޔަވަން އިންދައި ޢިޝާނަމާދު ވަޤުތު ޖެހުމުން ޢިޝާނަމާދުކުރީއެވެ. ސުންނަތްވެސް ކުރީމެވެ. މުސައްލަމަތިން ތެދުވީ ބަޤަރާ ސޫރަތް ކިޔަވައި ނިންމައިފައެވެ.  

ހިނގައިދިއަ ކަންކަމުގެ ޙަޤީޤަތް އެރޭ ހުވަފެނުގައި ފެނުނެވެ. އެކަންވީގޮތަކީ އަހުރެންގެ ތަނަވަސްކަމަށް ދަހިވެތިވެގެން އަހުރެންގެ ފަހަތުން އަޅައިގަނެގެން އުޅުނު ފިރިހެނަކާއި ނުގުޅޭނެކަމަށް ބުނުމުން ސިޙުރު ހަދާ މީހެއްގެ ގާތަށް ގޮސް ސިޙުރުހެއްދުވީއެވެ. އެދުވަހު އޮފީހަށް އެއައީވެސް އަހުރެންގެ ދުވަސް ދުއްވާލަން ސިޙުރުހަދާފައި ފޮނުވި އަންހެނެކެވެ. އެކަން ނާކާމިޔާބުވީމާ އެރޭ އައްޔެއްގެ ސިފައިގައި އެފޮނުވީ ޖިންނިއެކެވެ.  

އަހުރެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުހޯދަމެވެ. ރުޤްޔާކުރާ މީހެއްގެ ގާތަކަށްވެސް ނުދަމެވެ. އަހުރެން މިހުރީ ހެޔޮޢަމަލުތައް ކުރުމާއި ބަޤަރާ ސޫރަތް ކިޔެވުމާއި ޤުރްއާނުން ވާގިއެދުންމަތީގައެވެ.

އަހުރެން މިބުނަނީ ނަބީޙަތުގެ ބަހެކެވެ. މުސްލިމަކަށްވުމަކުން އަދި ނުފުދެއެވެ. ދީނަށް ޢަމަލުކުރާ މީހަކަށްވާށެވެ! ހެޔޮ ޢަމަލުތައް ކުރުމާއި ޤުރްއާން މެދުވެރިކޮށް ﷲ ތަޢާލާގެ ޙަޟްރަތާއި ގުޅުން އުފައްދުވާށެވެ! ޢަދާވާތްތެރިންނަކަށްވެސް ސިޙުރުވެރިންނަކަށްވެސް ތިބާއަށް ދެރައެއް ނުދެވޭނެއެވެ. އިން ޝާ ﷲ 

- މިއީ ފާޠިމާ ކިޔާ އަންހެނަކު އޭނާގެ ފޭސްބުކްގައި ހާމަކޮށްފައިވާ ވާހަކަކޮޅެކެވެ.  

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން