ގިނަ ބައަކު ބަލިމީހުންނަށް ޒިޔާރަތްކުރެއެވެ. ހަދިޔާވެސް ގެންގޮސްދެއެވެ. ނަމަވެސް އޭނާއަށް އެންމެ ފައިދާހުރި ހަދިޔާ ދެނީ މަދު މީހެކެވެ. ފަހަރެއްގައި އެކަމުގެ މުހިންމުކަން ނުވިސްނެނީ ކަމަށްވެސް ވެދާނެއެވެ.
ބަލިމީހާއަށް ހަދިޔާވެސް އެހީތެރިކަންވެސް ބޭނުންވެއެވެ. ނަމަވެސް އެންމެ މުހިންމީ އޭނާއަށްޓަކައި ހެޔޮދުޢާކުރުމެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ عَادَ مَرِيضًا، لَمْ يَحْضُرْ أَجَلُهُ فَقَالَ عِنْدَهُ سَبْعَ مِرَارٍ: أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ، إِلَّا عَافَاهُ» [رواه أبو داود / كتاب: الجنائز / باب: الدعاء للمريض عند العيادة / رقم: 3106 ، وصححه الألباني في صحيح وضعيف سنن أبي داود]
މާނައީ: "މަރަށް އަދި ޙާޟިރުނުވާ ބަލިމީހަކަށް ޒިޔާރަތްކޮށް
أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ.
(މާނައީ: "މަތިވެރި ޢަރުޝުގެވެރި އަރަހުށި މާތް الله ގެ ޙަޟްރަތުން ތިބާއަށް ޝިފާދެއްވުމަށް އެދިދަންނަވަމެވެ.") މިފަދައިން ހަތްފަހަރު އޭނާއަށް ދުޢާކޮށްދީފިނަމަ ދަންނައެވެ. އޭނާއަށް ޢާފިޔަތު ލިބޭނެއެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން