މާލެއާއި ވިލިނގިލީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މާލެއާއި ވިލިނގިލީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި

މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ ދިގުދެމިގެންދާ މުހިންމު މަޝްރޫޢެއްގެ ފެށުމެއްގެ ގޮތުން، ދިވެހިރާއްޖޭގެ ސަރުކާރާއި ޗައިނާގެ ޕީޕަލްސް ރިޕަބްލިކްގެ ސަރުކާރާ ދެމެދު މިއަދު ވަނީ ލެޓަރ އޮފް އެކްސްޗޭންޖެއްގައި (LOE) ސޮއިކުރެވިފައެވެ. މި މަޝްރޫޢަކީ ޗައިނާގެ އެހީގައި ހިންގާ މަޝްރޫޢުއެކެވެ.

މި ލެޓަރ އޮފް އެކްސްޗޭންޖުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު، އެކްސެލެންސީ މިސްޓަރ ކޮންގް ޝިއަންހުއާ އެވެ. މި ރަސްމިއްޔާތު ބޭއްވުނުއިރު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ.

މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

ޗައިނާގެ ސަފީރު މިސްޓަރ ކޮންގް ޝިއަންހުއާ ވިދާޅުވީ، މި މަޝްރޫޢަކީ ދެ ޤައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށާއި، މި މަޝްރޫޢު ނިމިގެންދާއިރު ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއީ މާލެ ސިޓީގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް ބެލެވެއެވެ. 

މިއަދު އޮންލައިން