ޖަންނަތުލްފިރުދައުސަށް އެރުން ޙައްޤުވާ މީހުންނަށް ޚާއްޞަ މަގުތަކެއް ހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޖަންނަތުލްފިރުދައުސަށް އެރުން ޙައްޤުވާ މީހުންނަށް ޚާއްޞަ މަގުތަކެއް ހުންނާނެ!

ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކައިން ގިނަބައަކު ސުވާލުކުރެއެވެ. އެއީ އެނިޢުމަތްތަކަށް ބޭނުންވެވޭތީއެވެ. ޚަލީފާއިން ވިދާޅުވެފައިވަނީ ސުވަރުގޭގައި އެއް ފައިންޕުޅު އެޅުއްވެވުނަސް އަދި ސުވަރުގެ ވަދެވަޑައިގެންނެވިއްޖެކަން ޔަޤީންވެވަޑައިނުގަންނަވާ ކަމަށެވެ. ޔަޤީންވެވަޑައިގަންނަވާނީ ދެފައިންޕުޅު ސުވަރުގޭގައި އެޅުއްވެވުމުން ކަމަށެވެ. 

މިބަސްފުޅުން އަހުރެންނަށް ވިސްނެނީ ސުވަރުގެ ހޯދަން މަސައްކަތްކުރާއިރުވެސް އިހްމާލުވެވިއްޖެނަމަ ސުވަރުގެ ނުލިބި ހިނގައިދާނެ ކަމެވެ. ސުވަރުގެއާއި ވަރަށް ދެވިފައިވެސް ސުަވރުގެ ނުވަދެވި ނަރަކައަށް ވަންނަންޖެހޭނެ ބައަކު އުޅޭނެ ކަމަށް އޮތީ އެހެންވެގެންނެވެ. 

ސުވަރުގޭގެ ކަންކަން އަހުރެމެންނަށް އެނގިގެންދަނީ ވަރަށް ކުޑަކުޑަ މިންވަރަކަށެވެ. އެހެންކަމުން ސުވަރުގޭގެ ނިޢުމަތްތައް ހިތަށް ތަޞައްވަރުކުރެވޭނީ ވަރަށް ކުޑަކުޑަ މިންވަރަކަށެވެ. ޤުރްއާނާއި ސުންނަތުން އެނގެން އޮތް މިންވަރުވެސް މިއުޅެނީ ހިތަށް ނުގެނެވިގެންނެވެ. 

ދުނިޔެއިން މިފެންނަ ފާލަން ނުވަތަ ބްރިޖްތައް ވެސް ހުންނަނީ ބައިބައިކޮށްފައެވެ. އެ މަގަކުން ދުއްވާފައިދެވޭނީ އެފަޅިއަކުން ދުއްވަން ހުއްދަން އޮންނަ އުޅަނދުފަހަރަށެވެ. ސުވަރުގޭގައިވެސް މިދިމާވަނީ ހަމަ އެފަދަ ގޮތެކެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އެރުމަށް ފާލަންތަކެއް ވާނެއެވެ. ނުވަތަ ހަރުފަތްތަކެއްވާނެއެވެ. އެހަރުފަތްތަކުން އަރއިގެންދާން އެއްވެސް ބުރައެއް އުފުލާކަށްވެސް ނުޖެހޭނެއެވެ. 

މިސާލަކަށް ކީރިތި ޤުރްއާން ހިތުދަސް މީހާއަށް، އޭނާއަށް އެނގޭ މިންވަރު ކިޔަވަމުން އޭނާއަށް އެރޭ އެންމެ މައްޗަކަށް އެރުމަށް ބުނެވޭނެއެވެ! ސުވަރުގޭގައި ރަސޫލް () އާއި އެންމެ އަރިއަހުގައި ވުމަށް އެދޭ މީހާ ސުންނަތް ނަމާދުކުރުން ގިނަކުރުމަށް ރަސޫލް () ޙަދީޘްފުޅުކުރައްވަވާފައިވާ ކަމެވެ. އަދި ސުވަރުގޭގައި 100 ދަރަޖަ ހުރިއިރު އެމީހެއްގެ ދަރަޖަ މަތިވެ ﷲ ތަޢާލާ އާއި ކުއްތަންވުން ބޮޑުވަނީ އަޅުކަން ކުރުން ގިނަކުރި މިންވަރަކުން ކަމަށްވުމެވެ.

ކޮންމެ މީހަކުވެސް ބުނަނީ ސުވަރުގެ ބޭނުންކަމަށެވެ. ޖަންނަތުލް ފިރުދައުސް ލިބެން އެދޭކަމަށެވެ. އެކަމަކު މައްސަލައަކަށް މިވަނީ އެމަތިވެރި ދަރަޖަ ލިބިގަންނަން ކުރަންޖެހޭ މަސައްކަތް ކުރުމުގައި ކަންނެތްވެވޭ ކަމެވެ. ވީމާ ސުަވރުގެ ލިބެން އެދޭމީހާ ފުރަތަމަ ކަމަކަށް އަޅުކަމުގައި ހީވާގިވާން އެބަޖެހެއެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން