ފުރަތަމަ ކާން ހެދުމަށް ބަލައިލަމާ ހިނގާށެވެ! އަނބިމީހާ ނިދާފަހުން ގެއަށް ގޮސް އަނބިމީހާ ހޭލައްވައި ކާން ހަދައިދޭން ބުނެފިނަމަ ތެދުވާނެއެވެ. ކާންވެސް ހަދާނެއެވެ. ނަމަވެސް އެއިރު އެކަން ކުރާނީ ކުރަން މަޖުބޫރުވާތީއެވެ. ބައަކުން ނިދާފައި ހުރެގެންނެވެ. އެހެންވެ ބައެއް އެއްޗެތި މޭޒުމައްޗަށް ނުނެގިވެސް ހުންނާނެއެވެ. ފެންތަށި ބަހައްޓަންވެސް ހަނދާން ނެތިދާނެއެވެ.
މިއީ ޢާންމުކޮށް ދިމާވާ ކަންކަމެވެ.
ދެން މިބަލައިލަނީ ދެމަފިރިންގެ މެދުގައި ގުޅުން ހިންގުމަށެވެ. އެއީއަކީ އަދި ކުރިން މިބުނިގޮތަށް އެއަބައިން ހޭލާ ހުރެގެން ކުރެގެން ކުރެވޭނެ ކަމެއް ނޫނެވެ. "ބައިވެރިޔާއަށް ހެޔޮކޮށް ހިތާއިރުވެސް އެއްދާންކުރަން ދެކޮޅުހަދާތީ" ޝަކުވާ ހިފައިގެން އަންނަ މީހުންގެ މައްސަލަތަކަށްބަލާއިރު ގިނައިން މެދުވެރިވެފައި ހުންނަނީ މިބުނި ފަދަ މައްސަލަތަކެވެ.
ބައިވެރިޔާއަށް ހެޔޮކޮށް ހިތުމަކީ ބައިވެރިޔާއަށް ރޮބޮޓަކަށް ބަދަލުވެވޭނެ ސަބަބެއް ނޫނެވެ. ސްވިޗް ޖައްސައިލާއިރަށް އެކަމެއް ކުރަން ފެށޭނީ ރޮބޮޓަށެވެ. އިންސާނުންގެ ކަންކަން ތަފާތުވާނެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! އެއްދާން ކުރުމުން އުފާވެރިކަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް އަނބިމީހާ ނުނިދަނީސް ގެއަށްދާށެވެ. ދެމީހުން ވާހަކަދައްކާށެވެ. ހިނިތުންވެ ތިބެގެންނެވެ. ގޭރާމާއި ހަމައަށް ދާންވާނީވެސް އެކަކު އަނެކެއްގެ ގައިގައި ފިރުމައި ބޮސްދީ ދެމީހުންގެ އިޙްޞާޞްތައް އެހިސާބަށް ދިއުމުންނެވެ.
އަދިވެސް އަހުރެންނަށް ފާހަގަކުރެވޭ ކަމެއް ބުނެލާނަމެވެ. ރޭގަނޑު ކޮފީތިބެފައި ގެއަށްދަނީ ފޯނުން ބަރަހަނާ ބަލަމުންގޮސް، ނުވަތަ އެބާވަތުގެ ވާހަކަތައް ދައްކަމުންގޮސް ކެތްތެރިކަން ކޮޅުންލީމައެވެ. އެއިރު އަނބިމީހާއަށް އޮންނަނީ ނިދިފައެވެ. ގޮވައިލިޔަސް ފަސޭހައިން ނުވެސް ހޭލެވެއެވެ. އެޙާލތުގައި ފިރިމީހާ އުފާކޮށްދިނުމަކީ ކޮން އަންހެނަކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟
ވީމާ އަހުރެމްނެގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން އެބަޖެހެއެވެ. އަހުރެން މިބުނަނީ އެއްގޮތަކަށްވެސް ކޮފީއަށް ނުދާކަށް ނޫނެވެ. އެކަމަށްވެސް ވަކިރޭތަކެއް ކަނޑައަޅާށެވެ! އަނބިމިހާއަށް ނިދޭފަހުން ގެއަށް އައުދެވިއްޖެނަމަ އުނދަގޫކޮށް ނިދިކޮޅު ޚަރާބުނުކުރާށެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން