ހިތްދަތިކަން ނޫނީ މާލީ ދަތިކަން ނަމަވެސް ތިބާއަށް ކެތްތެރި ނުވެވިގެން ތިއައުޅޭ ޙާލަތަށް ކަންބޮޑުވުމުގެ ކުރިން މިސުވާލުގެ ޖަވާބަށް ވިސްނައިފިނަމަ ހުރިހާ ކަންބޮޑުވުންތަކެއް ފިލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހިތްދަތިކަން ނޫނީ މާލީ ދަތިކަން ނަމަވެސް ތިބާއަށް ކެތްތެރި ނުވެވިގެން ތިއައުޅޭ ޙާލަތަށް ކަންބޮޑުވުމުގެ ކުރިން މިސުވާލުގެ ޖަވާބަށް ވިސްނައިފިނަމަ ހުރިހާ ކަންބޮޑުވުންތަކެއް ފިލާނެ!

މިޘާލެއް ބުނެލާނަމެވެ! ތިބާއަށް ވިސްނޭ ގޮތުގައި ކުރިމަތިވެފައިވާ ހިތްދަތިކަމުގެ ސަބަބުން ނުވަތަ މާލީ ދަތިކަމުގެ ސަބަބުން މިއަދު ތިބާއަށް ވަނީ ވަރަށް ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވެފައެވެ. އެހެންވެ ތިބާއަށް ވިސްނެނީ މިހުރެވެނީ ހަތަރު އުދަރެސް ފެނުޖެހިފައި ކަމަށެވެ. ސަލާމަތްވެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ.  

އެކަމަކު ތިބާގެ ޙާލަތާއިމެދު އަހުރެންގެ ވިސްނުން މުޅިން ތަފާތެވެ. ސަބަބަކީ ތިބާއަށް މިއަދު ކުރިމަތިވެފައިވާ ދަތި އުނދަގޫ ޙާލަތު، ނުވަތަ ލިބިފައިވާ ހިތްދަތިކަން ރަނގަޅަށް އެނގިތިބެ އެހާލަތު ބޭނުންވާނެ އެތައް މިލިއަން ބައަކު ދުނިޔޭގައި އެބަތިބިކަން އަހުރެންނަށް ވިސްނޭތީއެވެ. އަހުރެންގެ ސުވާލަކީ އެކަން ތިބާއަށް އެބަ ވިސްނޭހެއްޔެވެ؟  

ތިބާހުރި ޙާލަތަށް އެމީހުން ކީއްވެގެން ހެއްޔެވެ؟ އެއީ އެމީހުންނަށް ދިރިއުޅެން ޖެހިފައިވަނީ  ތިބާއަށްވުރެ މާދަތިކަންބޮޑު މާހިތްދަތިކަން ބޮޑު ޙާލަތުގައިކަމަށްވާތީއެވެ. އެމީހުންނަށް ކުރިމަތިވެފައިވާ ޙާލަތު މާބޮޑަށްވެސް ގޯސްކަމުންނވެ.  

ވީމާ ޙާލަތެއް ކުރިމަތިވާއިރަށް ތިމާއަށް ކުރިމަތިވެފައި މިވަނީ އެންމެ ހިތްދަތި ޙާލަތު ކަމަށް ނުދެކޭށެވެ. ތިބާއަށްވުރެ މާ ހިތްދަތި ޙާލަތުގައި އެތައް މިލިއަން ބައަކު އެދަނީ ދިރިއުޅެމުންނެވެ. އެއިގެ ބަދަލުގައި ވިސްނާށެވެ! ތިމާއަށް ކުރިމަތިވެފައިވާ ޙާލަތަށްވުރެ މާހިތްދަތި ޙާލަތުގައި އެތައް މިލިއަން ބައަކު ހިތްހަމަޖެހިގެން ތިބެ، ޝުކުރުވެރިވެގެން ތިބެ އުޅެމުން އަންނައިރު ތިމާއަށް އުފަލުގައި ނުހުރެވެންވީ ކީއްވެގެންހެއްޔެވެ؟  

މިސުވާލުގެ ޖަވާބު އަމިއްލައަށް ދޭށެވެ! ހިތްވަރާއިއެކު ދިރިއުޅެން މަސައްކަތްކުރާށެވެ! އުފާވެރިކަމުގައި ދިރިއުޅެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން