މިއީ ދެމަފިރިންގެ ގުޅުމާއި ލޯބި ދުޅަހެޔޮކަންމަތީގަ ދަމަހައްޓަން ކުރަން ޖެހޭ ކުޑަކުޑަ، ފައިދާ ބޮޑު ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މިއީ ދެމަފިރިންގެ ގުޅުމާއި ލޯބި ދުޅަހެޔޮކަންމަތީގަ ދަމަހައްޓަން ކުރަން ޖެހޭ ކުޑަކުޑަ، ފައިދާ ބޮޑު ކަމެއް! އިން ޝާ ﷲ

ފިރިމީހާ މަސައްކަތުދާން ނުކުންނަ ވަޤުތަކީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ވަޤުތެކެވެ. ކުޑަދަރިފުޅު އުރައިގެންހުރެވެސް އެކުގައި ދޮރާއިހަމައަށްދާށެވެ! ބޭރުގައިވާއިރު ފިރިމީހާއަށް ރައްކައުތެރިކަން ދެއްވެވުމަށާއި ސަލާމަތުން އެނބުރި އައުދެވުން އެދިގެން ދުޢާކުރާށެވެ!  

ހަމަ އެއާއިއެކު ފިރިމީހާވެސް ގެއިން ނުކުންނަންވާނީ ޛިކުރުތައް ކިޔަމުންނެވެ. ގެއިން ބޭރުގައި ހޭދަކުރާ ވަޤުތުތަކުގައި ޝައިޠޯނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ.  

ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކުރަން މަސައްކަތްކުރަންވީ ގުޅުން ވީރާނާވުމަކުން ނޫނެވެ. ވީރާނާވުމުން މަރާމާތުކުރަން ކުރާ މަސައްކަތަށްވުރެ ފައިދާބޮޑުވެފައި މުހިންމީ ވީރާނާވިޔަނުދޭން ކުރާ މަސައްކަތްތަކެވެ. ނަމަވެސް މިއަދު ކަންކަން ހިނގަމުން މިދަނީ ދިމާ އިދިކޮޅަށެވެ. 

ރިވެތި އަޚްލާޤާއި ދީނީ ގުޅުންތައް ބަދަހިކުރަން މަސައްކަތްކުރެވުމުގެ ބަދަލުގައި ގިނައިން މިފެންނަނީ އެކަންކަން ހަނދުމަނެތިކޮށްލެވިފައިވާތަނެވެ. ނަތީޖާއަކީ ދިރިއުޅުމުގެ ބަރަކާތް ކެނޑިގެންދިއުމެވެ. ހިތާމަކޮށް ކަރުނައަޅަންޖެހުމެވެ.  

ގޮތްބަލަން ނަމަވެސް އަހުރެން މިބުނި ކުޑަކުޑަ ޢަމަލުކުރަންފަށައިބަލާށެވެ. ހެޔޮ ބަދަލުތަކެއް ފެންނަން ފަށާނެއެވެ. އުފާވެރިކަން އިތުރުވާތަން ފެންނަން ފަށާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން