ރޭގަނޑުގެ ބިރުވެރިކަމުން ސަލާމަރްވުމަށާ ތަނަވަސްކަން އިތުރުވުމަށް އެދޭމީހާ މަލާއިކަތުންވެސް ކުރައްވަވާ މިޛިކުރު ކިޔުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ރޭގަނޑުގެ ބިރުވެރިކަމުން ސަލާމަރްވުމަށާ ތަނަވަސްކަން އިތުރުވުމަށް އެދޭމީހާ މަލާއިކަތުންވެސް ކުރައްވަވާ މިޛިކުރު ކިޔުން ގިނަކުރާށެވެ!

ޛިކުރުތަކާއި އެންމެ މަތިވެރި ޛިކުރުތައް ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ޛިކުރުކުރުން ގިނަކުރުމުން ކުރާ ފައިދާވެސް އެނގޭނެއެވެ. ޙަދީޘްފުޅުގައި އޮތީ ޛިކުރުކުރުން ގިނަކުރުމަށެވެ. ދޫ ހުހަށް ނުބާއްވައި ޛިކުރުކުރުންމަތީގައި ދެމިހުންނަ މީހަކަށް ﷲ ތަޢާލާ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ. މިހުރިހާ ކަންކަން އެނގޭއިރުވެސް ޛިކުރުކުރުމާއި މީސްތަކުން މިވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.  

އެ ޛިކުރެއް ކިޔުން ގިނަކުރިވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުކުރައްވަވާނެ ޛިކުރެއްވެއެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޛިކުރެކެވެ. ތާއަބަދު މަލާއިކަތުން ވިދާޅުވަމުން ގެންދަވާ ޛިކުރެކެވެ! 

އެކަލިމައާއިބެހޭގޮތުން ޙަދީޘްފުޅުގައިވަނީ "ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަލިމައަކީ سبحان الله وبحمده" ކަމަށެވެ.  

އަބޫ ޛައްރު ރިވާކުރައްވެވި ޙަދީޘްފުޅެއްގެ މާނައިގައިވަނީ ކިޔަން އެންމެ މަތިވެރި ކަލިމައަކީ سبحان الله وبحمده އެވެ. އަދި އެއީ މަލާއިކަތުންނާއި މީސްތަކުންގެވެސް އެންމެ މަތިވެރިކަން ބޮޑު ކަލިމަ ކަމަށެވެ.  

އަދި ކީއްހެއްޔެވެ؟ ރޭގަނޑުގެ ބިރުވެރިކަމުން ސަލާމަރްވުމަށްވެސް، އަދި ޞަދަޤާތްކުރެވެން ނެތިގެން ކަންބޮޑުވާ މީހާވެސް ގިނަގިނައިން سبحان الله وبحمده ކިޔާށެވެ! ދޫމައްޗަށް ފަސޭހަ، މީޒާނުގައި ބުރަކަން ބޮޑު ކަލިމައެއްގެ ގޮތުގައި ވެސް ޙަދީޘްފުޅުކުރައްވަވާފައިވަނީ سبحان الله وبحمده އެވެ. 

މީސްތަކުންނޭވެ! ޛިކުރް ކުރުމުގައި ޘާބިތުވާށެވެ! ވީހައި ގިނައިން ޛިކުރުކުރާށެވެ! ޛިކްރްކުރުންމަތީގައި ދެމިހުންނަ މީހަކާއި ޝައިޠޯނާއަކަށް ކައިރިވެސް ނުވެވޭނެއެވެ. އަދި މަސައްކަތުގައި އުޅެމުންވެސް ވީވަރަކުން ޛިކުރުކުރާނަމަ ދުވަސް ނިމިގެންދާއިރު އޮންނާނީ އެއްވެސް ބުރައަކަށް ނުވެ ވަރަށް ގިނަ އަދަދަކަށް ޛިކުރުކުރެވިފައެވެ. 

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން