ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން ވާހަކަދައްކާއިރު ބަސްމަގު ބަހައްޓަން އެންމެ ފައިދާހުރި ގޮތް-

ކިޔުމަށް ހޭދަވާނީ 2މ 15ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން ވާހަކަދައްކާއިރު ބަސްމަގު ބަހައްޓަން އެންމެ ފައިދާހުރި ގޮތް-

ސުއިޒާ

 

ރޯވެފައިވާ ހުޅުގަނޑަކަށް ޔެޔޮ ނުވަތަ ޕެޓްރޯލް އުކައިގެން އެހުޅުގަނޑު ނިއްވައިނުލެވޭނެކަމާއި  ހުޅުގަނޑު އިތުރަށްވާނީ ބޮޑުކަން އެންމެންވެސް ޤަބޫލުކުރެއެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުމުން ޙައްލުކުރަން ވާހަކަދައްކާއިރު އަނެކާއަށް އިޙްތިރާމް ނުކުރުމަކީވެސް ހަމަ މިފަދަ ކަމެކެވެ. އިޙްތިރާމް ނުކުރާނަމަ ޙައްލުވުމުގެ ބަދަލުގައި މައްސަލަ އިތުރަށް ހޫނުވާނީއެވެ.  

މިދެމަފިރިން މިދައްކާ ވާހަކަކޮޅަށް ވިސްނައިލާށެވެ!  

އަނބިމީހާ: އެހެންވީމަ އަހަރެން ތިބާއަށް ރައްދު ދޭނަމަ އޭގެ މާނައަކީ އަހަރެން ތިބާއަށް އިހްތިރާމް ނުކުރަނީއޭތަ؟

ފިރިމީހާ:  މީގަ މައްސަލައަކީ ރައްދު ދިނުމެއް ނޫން. މައްސަލައަކީ ތިބާ ވާހަކަ ދެއްކި ގޮތް. ކުށެއް ކުރެވުނަސް ލޯބި ދެމި އޮންނާނެ. އެކަމަކު އިހްތިރާމް ނެތް ތަނެއްގަ ލޯއްބެއް ނޯއްނާނެ.  

އަނބިމީހާ: (ހީލާފަ) ހަމައެހެންތަ؟ އެހެންވީމަ ތިބާ ތީ އެންމެ ފުރިހަމަ މީހާ. އަދި ތިބާ ދުވަހަކުވެސް އަޑުލައެއް ނުހަދާ.

ފިރިމީހާ:  އަހަރެން އަޑުލައިހަދަން. އެކަމަކު އަހަރެން އަބަދުވެސް ހަނދާން ކުރަން، މީހަކު އޭނާގެ ބައިވެރިޔާއަށް ނިކަމެތިކަން އިހްސާސް ކުރުވާ ހިސާބުން އެމީހަކަށް ޒުވާބަކަށްވުރެ މާ ބޮޑު އެއްޗެއް ގެއްލިއްޖެކަން.

އަނބިމީހާ: އެކަމަކު ބައެއްފަހަރު އިހްސާސްތައް މާ މަތިވެގެން ދޭ. ތިބާ އަބަދު ފުރިހަމަ ކަމަށް އުއްމީދު ކޮށްގެން ނުވާނެ.

ފިރިމީހާ: ރަނގަޅު ވާހަކައެއް! އެކަމަކު އެއީ ބުއްދިވެރިކަން ފެންނަ ހިސާބު. ތިބާގެ ހިތުގައި ނުވާ އެއްޗެއް ތިބާގެ އަނގައިން ބުނެވުމުގެ ކުރިން ދުރަށް ދާން އެނގުން. 

އަނބިމީހާ: އެހެންވީމަ ތިބާ ތި ބުނަނީ ހަމައެކަނި ލޯތްބަކުން ނުފުދެއޭ!

ފިރިމީހާ:  ހަމަ ރަނގަޅަށް ތިބުނީ. އިހްތިރާމާއި ނުލާ ލޯތްބަކީ ބުނާ ބަހެއް! ތިބާ އަހަރެންނާ ދުޝްމަނެއްގެ ނަޒަރުން ވާހަކަ ދައްކާހާ ހިނދަކު ތިބާއަކަށް ނުބުނެވޭނެ ތިބާ އަހަރެން ދެކެ ލޯބި ވަމެކޭ.  

އަނބިމީހާ: އަހަރެންނަށްވެސް އިހްތިރާމް ނުކުރާކަން އިހްސާސް ކުރެވިއްޖެއްޔާ ދެނޯ؟ އަހަރެން ހަމަ ބަހެއް ނުބުނެ ހުންނަންވީތަ؟

ފިރިމީހާ: ނޫން. އެއްގޮތަކަށްވެސް އެހެނެއް ނޫން. ވާހަކަ ދައްކާ. އެކަމަކު ވާހަކަ ދައްކާނީ ހައްލުކުރަން. ޒަޚަމް ކުރާކަށް ނޫން. ހަޅޭލަވާ އަޑުގަދަ ނުކޮށްވެސް ފިރިހެނަކު ރަނގަޅު ކުރެވޭނެ ގޮތް ހުންނާނެ.  

އަނބިމީހާ: ފިރިހެނުންވެސް. އަންހެނުންގެ ރޫޙު ކުދިކުދި ނުކޮށްލިއަސް މަގު ދައްކައިދެވޭނެ.

ފިރިމީހާ: ވަރަށް ރަނގަޅު. އެންމެ ވަރުގަދަ ގުޅުން ބިނާ ކުރެވެނީ ރަނގަޅު މީހާގެ މައްޗަކަށް ނޫން. ސުލްހަވެރިކަމަށް ފުރުސަތު ދޭ މީހާގެ މައްޗަށް.

އަނބިމީހާ: ރަނގަޅަށް ތިބާ ތިބުނީ.

ފިރިމީހާ: ރަނގަޅު. 

މިކަމުން މީހުންނަށް ހަނދާންކޮށްދެނީ އިހްތިރާމް ކުރުމަކީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫންކަމާއި އެއީ ލޯތްބަށްޓަކައި ކުރަންޖެހޭ ކަމެއްކަމެވެ.  

މިއަދު އޮންލައިން