މިއަދަކީވެސް ހުކުރުދުވަހެއް! މިދުޢާކޮށްލައްވައި އަދި އެކުވެރިންނަށް ޝެއާކޮށްލެއްވުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މިއަދަކީވެސް ހުކުރުދުވަހެއް! މިދުޢާކޮށްލައްވައި އަދި އެކުވެރިންނަށް ޝެއާކޮށްލެއްވުން ކީއްތޯ؟

މިއަދަކީވެސް ހުކުރުދުވަހެކެވެ. ވީހާގިނައިން ދުޢާކުރަން އޮތް ދުވަހެކެވެ. އެހެންކަމުން ކިޔުންތެރިންނަށް މިގެނެސްދެނީ ތިމާ ކުރުމަށާއި އެކުވެރިންނަށް ޝެޢާކޮށްލަން ފައިދާހުރި ދުޢާއެކެވެ. އިން ޝާ ﷲ  

ﷲ ތިބާގެ ފާފަ ފުއްސަވާންދޭވެ! ބޮޑެތި ފާފަތަކާއި ކުދި ފާފަތަކެވެ. ހަނދާނުގައި ހުރި ފާފަތަކާއި ހަނދާނުން ފިލައިގެން ގޮސްފައިވާ ފާފަތަކެވެ. 

ޝައިޠާނާގެ ވަސްވާސްތަކުން ތިބާ ރައްކާތެރި ކޮށްދެއްވާންދޭވެ! އަދި ﷲ އާ ބައްދަލުވުމާ ހަމައަށް އިސްލާމް ކަންމަތީގައި ތިބާގެ ހިތް ސާބިތު ކޮށްދެއްވާންދޭވެ! 

ﷲ ތިބާގެ މައިންބަފައިންނާއި ދަރިންނަށް އަދި ތިބާގެ މުޅި އާއިލާއަށް ދުޅަހެޔޮ ސިއްޙަތު ދެއްވާ ސުލްހަވެރިކަމާއި އަމާންކަން ދެއްވާންދޭވެ! 

އެކަލާނގެ ތިބާގެ ހިތުގައި ފޮރުވިފައިވާ ވޭންތައް ދުރުކުރައްވަވާ، އުފާވެރިކަމާއި ކެއްތެރިކަމުން އެތަންތަން ފުރާލަދެއްވަވާންދޭވެ! 

ހީވެސް ނުކުރަފަދަ މަގުތައް ތިބާއަށް ފަހި ކޮށްދެއްވަވައި ރޯދި ބަރަކާތުގެ ދޮރުތައް ހުޅުއްވާދެއްވާންދޭވެ! އަދި ބަނޑުހައި ހޫނުކަމާއި ބަދުނާމުގެ ވޭން ތަހައްމަލު ކުރަން ނުޖައްސަވާނދޭވެ!

އެކަލާންގެ ތިބާގެ ހަށިގަނޑުގެ އެންމެހާ ބަލިތަކަށް ފަރުވާ ދެއްވަވައި އެންމެހާ ހިތާމަތަކުން ތިބާގެ ހިތް ދުރުކުރައްވަވާންދޭވެ! އަދި ތބާގެ ސިކުނޑީގެ ހާސްކަން ފިއްލަވާދެއްވަވާންދޭވެ.

ﷲ ތިބާގެ ކައްވަޅު ތަނަވަސް ކޮށްދެއްވަވައި އަލި ކޮށްދެއްވަވާންދޭވެ! އަދި ސުވާލު ކުރެއްވެވުމެއް ނެތި ސުވަރުގެ ވައްދަވާންދޭވެ.  

(ٱلْحَمْدُ لِلَّهِ) ތިބާ މި ދުޢާ އަޑުއަހައިފީމުއެވެ. ތިބާގެ އަމިއްލަ ނަފްސަށް ނުބާއްވައި މި ދުޢާ ވީހާވެސް ގިނަ ބަޔަކަށް ހިއްސާ ކުރާށެވެ!

 

- މުފްތީ މެންކް

 

މިއަދު އޮންލައިން