ފެންނަމުން މިދަނީ ދުނިޔެއަށް ﷲ ތަޢާލާ ބޮޑެތި ބަދަލުތަކެއް ގެންނަވައިފާނެ ކަމުގެ ޢަލާމާތްތަކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 21ސ
ފެންނަމުން މިދަނީ ދުނިޔެއަށް ﷲ ތަޢާލާ ބޮޑެތި ބަދަލުތަކެއް ގެންނަވައިފާނެ ކަމުގެ ޢަލާމާތްތަކެވެ!

ﷲ ތަޢާލާ އަށާއި އެކަލާނގެ ދީނަށް ނަޞްރުދޭ މީހުން މަދުވެއްޖެއެވެ. ތިމަންމެން މިތިބީ ﷲ ތަޢާލާގެ ދީނުގައި ކަމަށް ބުނަމުން ދީނަށް ޢަމަލުނުކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. މިއީ ވަރަށް ބިރުހުރި ކަމެއްކަން ކީރިތި ޤުރްޢާނުން އެނގެން އެބައޮތެވެ. 

ތިމަންމެންނަކީ މުސްލިމުން ކަމަށް ބުނަމުން ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭން ފަސްޖެހޭ މުސްލިމް ވެރިން ގިނަވެއްޖެއެވެ. މުސްލިމުންގެ 3 ވަނަ ޤިބްލަ ޔަހޫދީން އެވަނީ ޙިޞޯރުކޮށްފައެވެ. އެމީހުންގެ ކިބައިން މަސްޖިދުލް އަޤްޞާ ޙިމާޔަތްކުރަން ކުރިމަތިލާނެ ބައަކު މުސްލިމުންގެ ތެރެއިން ނުފެންނަކީ މިބަޔާންކުރާ އާޔަތުގައިވާ ގޮޅިތަކަށް ފެތި ތާށިވެފައި ތިބި ކަމުގެ ހެއްކެކެވެ. 

ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފާނެ ކަމަށް މިބުނާ ބަހުގެ މާނައަކީ މިހާރު ތިބި ވެރިންގެ ބަދަލުގައި ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭނޭ ބައަކު އިސްކުރައްވަވައިފާނެ ކަމެވެ. 

· ޢަޙްދުތަކަށް ވަފާތެރިނުވާ މީހުންނަށް ޢިޤާބު(ޢަޛާބު) ހުރި ވާހަކަ: 

ﷲ ތަޢާލާ މާއިދާ ސޫރަތުގައި 54 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ ﴿٥٤﴾‏ 

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ دين ދޫކޮށް مرتد ވާމީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު اللَّه ގެންނަވާނެތެވެ. އެއީ مؤمن ންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. كافر ންގެ މައްޗަށް ގަދަފަދަ عزّة ތެރި ބަޔެކެވެ. اللَّه ގެ މަގުގައި އެއުރެން جهاد ކުރާނެތެވެ. އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއް ނުގަންނާނެތެވެ. އެއީ اللَّه ގެ فضل ވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަން ދެއްވަތެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (54)" 

އަދި މިބަޔާންކުރާ އާޔަތަކީވެސް މިއަދުގެ ޙާލަތަށް އޮތް ގަދަފަދަ އިންޒާރެކެވެ. 

ﷲ ތަޢާލާ މާއިދާ ސޫރަތުގެ 57 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّهَ إِن كُنتُم مُّؤْمِنِينَ ﴿٥٧﴾‏ 

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ دين އަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، كافر ން އެއީ، އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަ اللَّه އަށް تقوى ވެރިވާށެވެ! (57)"

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން