ހަމައެކަނި އަޅުކަންކުރުމަކުން އެންމެ ރަނގަޅު މުސްލިމަކަށް ނުވެވޭނެ!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހަމައެކަނި އަޅުކަންކުރުމަކުން އެންމެ ރަނގަޅު މުސްލިމަކަށް ނުވެވޭނެ!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ފުރަތަމަވެސް ވިސްނައިލާށެވެ! މިއުންމަތަކީ އެންމެ ފަހުގެ އުންމަތް ނަމަވެސް ހުރިހާ އުނންމަތްތަކަށްވުރެ މަތިވެރި ކުރެއްވެވި ސަބަބަށެވެ. އެއީ ހަމައެކަނި އަޅުކަންކުރުމެއް ނޫނެވެ. އެހެން އުންމަތްތަކުގެ މީހުންވެސް އަޅުކަންކުރިއެވެ. ނަމަވެސް އެހެން އެއްވެސް އުންމަތަކަށް ނުދެއްވަވާ މަތިވެރިކަން މިއުންމަތަށް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެކަމުން އެނގެނީ އެ ސަބަބަކީ ހަމައެކަނި އަޅުކަންކުރުން ނޫން ކަމެވެ.  

އެސަބަބަކީ މުންކަރާތްތައް ނަހީކުރާ ބައަކަށްވާކަމެވެ. ފާފަކުރާ މީހުންނަށް ނަޞީޙަތްތެރިވެ އެކަންކުރުން ހުއްޓަވާ ބައަކަށްވާތީއެވެ. އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވައި ބާވައިލައްވަވާފައިވާ ޙުކުމްފުޅުތައް ތަންފީޒުކުރާ އުންމަތަކަށްވާތީއެވެ.  

އުންމަތަށް ދެއްވަވާފައިވާ ަމތިވެރިކަން މީހަކަށް ލިބޭނީ އަޅުކަންކުރުމުގެ އިތުރުން ތިމާއަކީ އެމީހަކަށް ވެވުނުވަރަކުން މުންކަރާތްތައް ހުއްޓުވަން މަސައްކަތްކުރާ މީހަކަށްވެވިގެންނެވެ. ހަމައެއާއިއެކު ތިމާއަކީވެސް މުންކަރާތަކަށް އަރައިނުގަނެ ހުންނަން މަސައްކަތްކުރާ މީހަކަށް ވެވިގެންނެވެ.  

މިކަމުން އެނގެނީ ގާތްތިމާގެ މީހަކުނަމަވެސް، ގާތް އެކުވެރިއެއް ނަމަވެސް އަދި ޙަޔާތުގެ ބައިވެރިޔާ ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ކުރާނަމަ އެކަމުން އެމީހަކު ދުރުކުރުވަން މަސައްކަތްކުރަންޖެހޭނެ ކަމެވެ. ވީމާ ދެމަފިރިންވެސް އެކަކު އަނެކަކަށް އެހީތެރިވާށެވެ! ދަރިންނަށްވެސް ހެޔޮ ނަޞީޙަތްދީ ފާފަނުކުރަން ބާރުއަޅާށެވެ. އެންމެ މަތިވެރި މުސްލިމަކަށް ވެވެންއޮތީ އެއިރުންނެވެ.

 

- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން