އަޅުގަނޑަކީ ފަޤީރެކެވެ. އަޅުގަނޑުގެ އެކުވެރިންގެ ތެރޭގައި ތަނަވަސް މީހުން ތިބެއެވެ. އެމީހުން އަޅުގަނޑަށް ހަދިޔާ ދެއެވެ. ހަދިޔާއަށް ބައެއް ފަހަރު ދެނީ ވަރަށް އަގުބޮޑު އެއްޗެއްސެވެ. ބަދަލުގައި އެއާއި ގާތްކުރާނެ ވަރުގެ އެއްޗެއްވެސް ދޭން ނުލިބޭތީ ވަރަށް ދެރަވަމެވެ. ލަދުވެސް ގަނެއެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިއެއްގެ ކަންބޮޑުވުމެކެވެ. އެހެންވެ މިގެނެސްދެނީ މިލިއަނުން އަގުކުރެވޭ ހަދިޔާއަކަށްވުރެވެސް މާއަގުބޮޑު ހަދިޔާއެއް ދެވޭނެ ގޮތެވެ. އިން ޝާ ﷲ
ތަނަވަސް މީހަކު މީހަކު އޭނާގެ އެކުވެރިޔާއަށް ހަދިޔާއެއް ފޮނުވުމަށްފަހު ގުޅާފައި ފޮނުވި ހަދިޔާ ލިބިއްޖެތޯ ސުވާލުކުރުމުން އެކުވެރިޔާ ބުނީ ލިބިއްޖެ ކަމަށާއި އެއަށްވުރެ މާއަގު ބޮޑު ހަދިޔާއެއް ފޮނުވައިފިން ކަމަށެވެ.
އޭނާ ފޮނުވި ދޮޅުލައްކަ ޑޮލަރުގެ އަގުހުރި ރޮލެކްސް އަތުކުރިގަޑިއަކަށްވުރެ އަގުބޮޑު އެއްޗަކަށް ފޮނުވީ ކޮންއެއްޗެއްތޯ ސުވާލުކުރުމުން ބުނީ ލިބުނީމާ ހުޅުވައިގެން ބަލައިލުމަށެވެ.
ހުޅުވައިގެން ބަލައިލިއިރު އޮތީ سبحان الله وبحمده سبحان الله العظيم ލިޔެފައި އޮތް ކަރުދާސްކޮޅެކެވެ. އެވާހަކަ އެކުވެރިޔާ ގާތު ބުނުމުން ބުންޏެވެ. "ޙަދީޘްފުޅުގައި އޮތީ ކިޔުމުން އެމީހަކަށްޓަކައި ސުވަރުގޭގައި ﷲ ތަޢާލާ ކަދުރުރުކެއް އިންދަވައި ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބަ އޮތް ކަމަށެވެ. އެއިގެ އިތުރުން ތިބާގެ ތަނަވަސްކަން އިތުރުކޮށްދެއްވެވުން އެދި މިގެންދަނީ ދުޢާކުރަމުން ކަމަށެވެ.
އެއަށްވުރެ ބޮޑު ހަދިޔާއަކީ ކޮބައިހެއްޔެވެ؟
· Prophet Mohammad ﷺ said:
· "For him who says, 'SubanAllahi wa bihamdihi, a palm tree will be planted in jannah [Tirmidhi]
- މިއީ ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯ ކޮޅެކެވެ.
سبحان الله وبحمده سبحان الله العظيم ކިޔުމުން ލިބޭ ބައެއް އިތުރު ފައިދާ:
- ފާފަ ފުއްސަވައި ދެއްވެވުން
- ﷲ ތަޢާލާ މަތިން ހަނދުމަކުރާ މީހަކުކަމުގައިވުން
- ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ކަލިމަތަކެއް ޛިކުރުކުރެވުން
- ދަތި އުނދަގޫ ކަންކަން ކުރަން ފަސޭހަވުން
- އީމާންކަން ވަރުގަދަވުން
- ދެއްވަވާ ރިޒްޤްގައި ބަރަކާތް ލެއްވެވުން
- މާލީ ދަތިތަކުން އަރައިގަންނަން ފަސޭހަވުން