އެކަނިވެރިވާންޖެހި ހިތްދަތިކަން ލިބިއްޖެނަމަވެސް އެންމެ ފަސޭހައިން އެކަމުން އަރައިގަނެވޭނެ ގޮތް-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެކަނިވެރިވާންޖެހި ހިތްދަތިކަން ލިބިއްޖެނަމަވެސް އެންމެ ފަސޭހައިން އެކަމުން އަރައިގަނެވޭނެ ގޮތް-: ޝައިޚް އަބޫބަކުރު ޒައުދު

ގިނަ ބައަކަށް އެންމެ ބޮޑު މާޔޫސްކަމެއް ލިބެނީ ކައިވެނިރޫޅި އެކަނިވެރިވާންޖެހުމުންނެވެ. އެންމެ ބޮޑު ހިތްދަތިކަމެއްވެސް ލިބޭނީ އެޙާލަތުގައެވެ. އެޙާލަތުން އެންމެ ފަސޭހައިން އަރައިގަނެވޭނެ ގޮތް ބުނެދެންހެއްޔެވެ؟ 

އެއީ މުޞީބާތަށް ޝުކުރުވެރިވުމުގެ އެންމެ މަތީ ދަރަޖައަށް ޖެހިލުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ކުރިމަތިކުރެއްވެވި މުޞީބާތުގެ ސަބަބުން ލިބުނު ގެއްލުމަށް ނުވިސްނައި ދެއްވަވާފައިވާ ނިޢުމަތްތަކަށް ވިސްނުމެވެ. 

ތިބާހުރީ ރަނގަޅު ޞިއްޙަތުގައެވެ. ކުރިން ލިބެމުން އައި ވަރަށް ކަންކަން ނުލިބުނަސް މިހާރުވެސް ތިބާއަށް އެބަ ދިރިއުޅެވެއެވެ. ބުރަ މަސައްކަތުން ނަމަވެސް އަދި މަދުން ނަމަވެސް ކާންބޯންވެސް އެބަ ލިބެއެވެ. 

އެކަންކަމުން އަނަގައިދެނީ ތިބާއަށް އަދިވެސް ﷲ ތަޢާލާގެ ރަޙްމަތް ލިބެމުން އަންނަ ކަމެވެ. ޔަޤީންކުރަންވީ ކުރިން ދެއްވެވި ނިޢުމަތްތަކަށްވުރެ މާބޮޑަށް ފައިދާކުރާނެ ނިޢުމްތަތައް ދެއްވަވާނެ ކަމެވެ. އެކަން ކުރެވޭނީ ކުރިމަތިކުރެއްވެވި މުޞީބާތަށް ޝުކުރުވެރިވެގެންނެވެ. ޝުކުރުވަެރިވާން ކުރަން އޮތް ކަމަކީ ކުރިމަތިކުރެއްވެވި ޙާލަތު ކުރިމަތިކުރެއްވެވެވީ ކުރިއަށްވުރެ މާމަތީ ދަރަޖައަކަށް އުފާވެރިކަން ދެއްވަވަންކަމަށް ޔަޤީންކުރުމެވެ. 

މުޞީބާތެއް ކުރިމަތިވެއްޖެނަމަ ތަޤްވާވެރިކަން އިތުރުކުރުާއިއެކު މިމަގުން ވިސްނައި މާޔޫސްނުވެ ޘާބިތުވާ މީހުންގެ ކިބައިން އެމުޞީބާތް އަވަހަށް ފިލުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން