ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޤްބަރާގެ ދޮރުކޮޅުގަވިޔަސް އަތްލަން ބޭނުންވެ ކަރުނައަޅާ މީހުން ވިސްނާލަންވީ ކަންތައް-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޤްބަރާގެ ދޮރުކޮޅުގަވިޔަސް އަތްލަން ބޭނުންވެ ކަރުނައަޅާ މީހުން ވިސްނާލަންވީ ކަންތައް-: ޝައިޚް އަބޫބަކުރު ޒައުދު

މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅު ފަސްދާނުލެވިފައިވާ ތަނަށް ޒިޔާތަރްކުރެއެވެ. ދޮރުކޮޅުގައި އަތްލަންވެސް މަސައްކަތްކުރެއެވެ. ގިނަ ބައަކު އެޙާލަތުގައި ރޮއި ކަރިނައަޅައި ހަދައެވެ.  

އަހުރެންގެ ސުވާލަކީ އެކަމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދިރިދުނިޔޭގައި ހުންނަވަނިކޮށް ކާފިރިންނާއި މުނާފިޤުންވެސް އިތުރުޞާޙިބާ އާއި ބައްދަލުކުރިއެވެ. އެކަމުން އެމީހުންނަށް އެއްވެސް ފައިދާއެއް ކުރާނެ ހެއްޔެވެ؟

ބުނަން މިއުޅެނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޤްބަރާގެ ކައިރިއަށް ދެވި އެތަނުގައި ހުއްޓެވުނަސް އެކަމަކުން އެމީހަކަށް ކުރާނެއެއްވެސް ފައިދާއެއް ނެތެވެ. ފައިދާކުރާނީ ސުންނަތަށް ޢަމަލުކުރެވުނު ވަރަކުންނެވެ. ޙަދީޘްފުޅުތަކަށް ޢަމަލުކުރެވުނު ވަރަކުންނެވެ.  

ނިކަން ބުނެބަލާށެވެ! އަހުރެމެން އުޅެމުން މިދަނީ ކޮންގޮތަކަށް ހެއްޔެވެ؟ ސުންނަތަށް ޢަމަލުކުރެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން ކައިބޮއި ހެދުމުގައި ސުންނަތަށް ޢަމަލުކުރެވޭ ހެއްޔެވެ؟ ސުންނަތަށް ޢަމަލުކުރުމަށް ދެވެނީ ކޮން ސަމާލުކަމެއް ހެއްޔެވެ؟  

އަހުރެން މިބަސްކޮޅު މިބުނީ މީސްތަކުން ސުންނަތާއި ދުރަށްޖެހޭ މީންވަރު ބޮޑުކަމުން ހިތަށް އަސަރުކުރާތީއެވެ. ސުންނަތަށް ޢަމަލުނުކޮށް ދީނުގައި ޘާބިތުވެ ނުހުރެވޭނެތީއެވެ. އެއިރުން އެމީހަކަށް އެދެވެނީ ނަރަކައާއި ކައިރިވަމުން ކަމަށްވާތީއެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން