އުރީދޫ ފަން ރަން އަށް އުރީދޫ ބިލްޑިންގ ދިއްލާލައިފި! ވީޑިއޯ ޝެއަރކޮށްގެން ހާއްސަ އިނާމެއް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
އުރީދޫ ފަން ރަން އަށް އުރީދޫ ބިލްޑިންގ ދިއްލާލައިފި! ވީޑިއޯ ޝެއަރކޮށްގެން ހާއްސަ އިނާމެއް

 

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ދެފަހަރު ބާއްވަމުން އަންނަ އެންމެ މަގުބޫލު އެއް ހަރަކާތް ކަމަށްވާ އުރީދޫ ފަން ރަން، މި އަހަރުގެ ޑިސެމްބަރ 19 ގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތުގެ އުފާވެރިކަން މިހާރުން މިހާރަށްވެސް ވަނީ ފެންނަން ފަށާފައެވެ. އެގޮތުން، އުރީދޫއިން ވަނީ މި ހަރަކާތުގެ ރީތިކަން އިތުރުކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ މައި ބިލްޑިންގ ކޮންމެ ރެއަކުވެސް ހާއްސަ ލައިޓްތަކަކުން ދިއްލާލަން ފަށާފައެވެ.

ފަން ރަންގެ ފޯރިގަދަކުރުމަށް އުރީދޫއިން ހިންގަމުންދާ މި ހަރަކާތަކީ، ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބައިވެރިވާ އެއް ދުވުމުގެ ހަރަކާތް ކަމަށްވާއިރު، މިހާރު ވަނީ މި ދުވުމުގައި ބައިވެރިވުމަށްޓަކައި ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ފަން ރަން ފާހަގަކޮށް ދިއްލާލާފައިވާ އުރީދޫ ބިލްޑިންގގެ ލައިޓްތަކުގެ ހަރަކާތް ކޮންމެ ރެއަކުވެސް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، އުރީދޫއަށް ހިތްވަރުދީ، ފަން ރަންގެ އުފާވެރިކަމުގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން ވަނީ ހާއްސަ މުބާރާތެއް އިއުލާނުކޮށްފައެވެ. އެއީ، މި ބިލްޑިންގ ލައިޓްތަކުގެ ރީތި ވީޑިއޯއެއް ރެކޯޑްކޮށް ސޯޝަލް މީޑިއާގައި ޝެއާކުރުމުން، ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ލިބިގެންދާނެއެވެ. އުރީދޫ މޯލްޑިވްސްއިން ވިދާޅުވީ، މިކަމަށްޓަކައި ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވާ ކަމަށާއި، މި ބިލްޑިންގގެ ފޮޓޯ ނުވަތަ ވީޑިއޯ ނަގައި ހިއްސާކޮށްލުމަކީ ނުހަނު ފަސޭހަކަމެއް ކަމަށެވެ.

ބައިވެރިވުމަށް ހަމަޖެހިފައިވާ އުސޫލުތައް

މި މުބާރާތުގައި ބައިވެރިވެ އިނާމު ހޯދުމަށްޓަކައި، އުރީދޫއިން ވަނީ ތިން ފިޔަވަޅެއް ހަމަޖައްސާފައެވެ:

  1. އުރީދޫ ފަން ރަން އަށް ހާއްސަކޮށް ދިއްލާލާފައިވާ އުރީދޫ ބިލްޑިންގގެ ވީޑިއޯއެއް ނެގުން.
  2. އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް ގައި އެ ވީޑީއޯ ޕޯސްޓްކުރުން.
  3. ޕޯސްޓްކުރާއިރު އުރީދޫ މޯލްޑިވްސް ޓެގްކޮށް (@ooredoomaldives) އަދި #OoredooFunRun ހޭޝްޓެގް ބޭނުންކުރުން.

އުރީދޫއިން ބުނެފައިވާ ގޮތުގައި، މި ހާއްސަ ފުރުސަތު 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެއެވެ. އެހެންކަމުން، އުރީދޫ ފަން ރަންގެ އުފާވެރިކަމުގައި ބައިވެރިވެ، ބިލްޑިންގ ދިއްލުމުގެ ރީތިކަން ވީޑިއޯކޮށް ޝެއާކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ބޭނުންކުރުމަށް އުރީދޫއިން ވަނީ އެދިފައެވެ. އުރީދޫ ފަން ރަން ގެ އިތުރު މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން