އިންޓަރނޭޝަނަލް ސޯލާ އެލަޔަންސްގެ ޖަލްސާގައި ޑެޕިޔުޓީ މިނިސްޓަރ ޙުސައިން އަޤީލް ނަޞީރު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް (އައި.އެސް.އޭ) އިން ނިއުދިއްލީގައި ކުރިއަށްދާ އެ ޖަމިއްޔާގެ އަށާރަވަނަ އެސެމްބްލީގެ ބައްދަލުވުމަށް ދިވެހިރާއްޖޭގ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ މިނިސްޓަރ ޙުސައިން އަޤީލް ނަޞީަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. މިއީ ސޯލާ ހަކަތައިގެ ދާއިރާގައި އައު އީޖާދުތަކާއި، ދެމެހެއްޓެނިވި ގޮތްތައް ބޭނުންކޮށް، ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ދުނިޔޭގެ ގައުމުތައް އެއްތަނަކުން ބައްދަލުކުރާ މުހިންމު ފޯރަމެކެވެ.
އައި.އެސް.އޭ އިން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ މުހިންމު ބައްދަލުވުމެއްގައި ޑެޕިޔުޓީ މިނިސްޓަރ ޙުސައިން އަޤީލް ނަޞީރު ބައިވެރިވެވަޑައިގަތުމަކީ އެ ޖަމިއްޔާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އެސެމްބްލީގައި ބައިވެރިވާ ގައުމުތަކުން ގުޅިގެން އިރުގެ ހަކަތަ ކުރިއެރުވުމަށް އާ އުފެއްދުންތަކާއި، ދެމެހެއްޓެނިވި ގޮތްތަކާއި، ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެކަމަށް އައި.އެސް.އޭ އިން އުންމީދުކުރެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި އިރުގެ ހަކަތައިގެ ބޭނުންކުރުން އިތުރުކޮށް، ޢިލްމީ ގޮތުން ކުރިއެރުންތައް ހޯދުމާއި، ޢިމާރާތްތަކުގައި ސޯލާ ޕެނަލް ބޭނުންކުރުން ފަދަ ކަންކަން ފުޅާކުރުމެވެ. ދިވެހިރާއްޖެއަކީ ކުޑަ، ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އިރުގެ ހަކަތައިގެ ބޭނުން ހިފުމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، މިފަދަ ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވުމަކީ ގައުމުގެ ހަކަތައިގެ ސަލާމަތާއި ދެމެހެއްޓެނިވި ތަރައްޤީއަށް ގިނަ ފައިދާތަކެއް އެކުލެވޭ ކަމެކެވެ.
ހަބަރު: ސަރުކާރު