ދުނިޔޭގަ ހުރެވޭއިރު އެހެން މީހުންނަށް ނިކަމެތިކޮށް ހިތާމީހުން ހަމައެކަނި މިކަމަށް ވިސްނައިލާނަމަވެސް އެއްވެސް މީހަކަށް ދެރަބަހެއްވެސް ނުބުނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ދުނިޔޭގަ ހުރެވޭއިރު އެހެން މީހުންނަށް ނިކަމެތިކޮށް ހިތާމީހުން ހަމައެކަނި މިކަމަށް ވިސްނައިލާނަމަވެސް އެއްވެސް މީހަކަށް ދެރަބަހެއްވެސް ނުބުނާނެ!

އިންސާނުން ދުނިޔޭގައި އުޅެން އަންގަވާފައިވަނީ ނިކަމެތި މީހެއްގެ ގޮތުގައެވެ. މިބަހުގެ މާނައަކީ ތިމާއަކީ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫންކަމާއި ހުރިހާ ބާރުތަކެއްވެސް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށްކަމަށް ޤަބޫލުކޮށްގެން އުޅުމުގެ ވާހަކައެވެ. ތިމާއަށް ލިބިގެންވާ ބަރަކީ ކޮންމެ ވަޤުތަކުވެސް ތިމާއަށް ގެއްލިގެން ހިނގައިދާނެ ބާރެއްކަމަށް ޤަބޫލުކޮށްގެން އުޅުމެވެ. ނަމަވެސް އެކަންކަން އެގޮތަށް ވިސްނައި ޢަމަލުކުރެވެނީ ވަރަށް މަދުމީހަކަށެވެ.

ނަތީޖާއަކަށްވަނީ ކިރިޔާވެސް ބާރެއް ލިބިއްޖެނަމަ މިއަދު ކޮންމެ މީހަކުވެސް ބަލަނީ ފުންމައިގަނެގެން ވީހާ މައްޗަކަށް އެރޭތޯއެވެ! އަނބިދަރިންނާ ދިއާއަށްވެސް، އަނބިން ފިރިންނަ ދިމާއަށްވެސް ހަމަ ފުމެއަރަނީއެވެ. ބާރުލިބިފައިވާ މީހުން ނިކަމެތިންނަށްވެސްމެއެވެ. ވީމާ ވިސްނައިލަމާ ހެއްޔެވެ؟

މައްޔިތާ ގެންގޮސް ކައްވަޅުގައި ވަޅުލެވޭ އިރަށް ބިންގަނޑު އެމީހަކު ފިއްތައިލާނެއެވެ. އެފަރާތުގައި ހުންނަ ކަށިތައް އަނެއް ފަރާތުން ނުކުންނަހައި ބާރުމިނުގައެވެ. މިގޮތަށް ފިއަތައިލެވޭނީ ކިތައް ފަހަރުކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! ރަސޫލް (ﷺ)ގެ ޙަދިޘްފުޅުތަކުން އެނގެނީ އެކަން އެގޮތަށް ހިނގާނެ ކަމެވެ. ވީމާ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ކައަވްޅުގައި ސުވާލުކުރެވޭނީ އެކަން ހިނގުމަށްފަހުގައެވެ.

If anyone were to be saved from the squeezing of the grave, Sa’d bin Mu‘adh would have been saved from it.) [Imâm-i Ahmad]

(If a person does not perform namâz though he has no good excuse, Allahu ta’âlâ will give him 15 kinds of plague. Six of them will come in the world; three will come at the time of death; three will come in the grave; and three will come when he is rising from the grave. Kinds of torment he will suffer in the grave are:

1. The grave will squeeze him. His bone will intertwine.

2. His grave will be filled with fire, which will scorch him day and night.

3. Allahu ta’âlâ will send a huge serpent to his grave. It is not like terrestrial serpents. It will bite him at every namâz time daily. It will never leave him alone any moment.) [Qurratul’uyûn)

ބައެއް ހާލަތްތަކުގައި ވަޅުލުމަށްފަހު މަސްގަނޑު ކުނި ނުވަނީސް ކައްވަޅު ކޮންނަން އެބަޖެހެއެވެ. ޕޯސްޓްމޯޓޮމްއެއް ހަދަން ޖެހުން ފަދަ ކަންކަމުގައެވެ. އެގޮތަށް ކޮނެގެން ޤަބުރު ނަގައި ބަލާއިރު ކަށިތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ހުންނާތީ ނުފެނިދާނެއެވެ. ނަމަވެސް އެއިގެ މާނައަކީ ކައްވަޅު އެމިހާ ފިއްތައި ނުލަނީއެއް ނޫނެވެ. އެކަން އެ ހިނގާ ގޮތެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހަރެމެންނަށް އޮތީ އެކަމަށް ބިރުވެތިވެ ﷲ ތަޢާލާ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުމެވެ. އާޚިރަތް ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން