އިންސާނުންގެ ހަށިގަނޑަށް ޖިންނި ވަދެދާނެ ބައެއް ސަބަބުތަކާ އެކަމުން ސަލާމަތްވެ ހުންނަން ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އިންސާނުންގެ ހަށިގަނޑަށް ޖިންނި ވަދެދާނެ ބައެއް ސަބަބުތަކާ އެކަމުން ސަލާމަތްވެ ހުންނަން ކުރެވިދާނެ ބައެއް ކަންކަން-

މިހާރަކަށް އައިސް ބައެއް ޢާންމުތަންތަނުގައި ދެޖިންސުގެ ޒުވާނުން ބައްދައި އޮޅުލައި ލޯބިކުރާތަން އެބަފެނެއެވެ. ކާބަފައިން ބުނެފައި ހުރި ބަސްތަކަށްބަލާއިއރު މިއީ ޖިންނި އަވަލާ ކަމެކެވެ. އެކަމުގައި އެއްވެސް ޙަޤީޤަތެއް އޮވޭތޯއެވެ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ

ޖިންނިން އިންސާނުންނަށް އަވަލާ ނުވަތަ އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ސަބަބުތަކުގެ ތެރޭގައި އެމީހަކާއި ނުރުހުމާއި އަދި އެމީހަކު ދެކެ ލޯބިވުންވެސް  ހިމެނެއެވެ. ކޮންމެ ސަބަބަކާއިހުރެ ނަމަވެސް އެވަންނަނީ އެމީހަކަށް އުނދަގޫކޮށް ގެއްލުން ދިނުމަށެވެ. ނުވަތަ އެމީހަކަށް އުނދަގޫތަކެއް ކުރުމަށެވެ. 

އަދި ޢާންމު ތަންތަނުގައި ފާޙިޝް ޢަމަލުތައް ކުރުމާއި، ޢާންމު ތަންތަނުގައި ބައްދައި ބޮސްދީ ލޯބިކުރުމާއި ބަރަހަނާކޮށް އުޅުންވެސް ހިމެނެއެވެ. އެޙާލަތުގައި އެވަންނަނީ އެމީހަކު ދެކެ ލޯބިވެގެންނެވެ. 

މީގެ އިތުރުން އެމީހާ ކުރާ ކަމެއްގެ ސަބަބުން ޖިންނިއަކަށް އަނިޔާވުމާއި އުނދަގޫވުންވެސް ހިމެނެއެވެ. އަތްވީއްލައި އެއްޗެތި އުކުމާއި ބިންމައްޗަށް ހޫނިފެން އެޅުން ފަދަ ކަމެއް ކުރާނަމަ އަޢޫޛްކިޔުމަށްފަހު އެކަންކަން ކުރަންވީ އެސަބަބަށްޓަކައެވެ.  

މީގެ އިތުރުން ގިނަގިނައިން ގަދައަށް ރުޅިއައުމަކީވެސް ޖިންނި އަވަލާ ކަމެކެވެ. އެޙާލަތުގައި އެމީހާގެ ހަށިގަނޑުގެ ތެރެއަށް ވަންނަނީ އެމީހަކު ރުޅި ގަދަކުރުވައިގެން އެމީހާ ލައްވައި ގޯސް ކަންކަން ކުރުވުމަށެވެ. އެއީ މަޖަލަކަށްވެގެންނެވެ.  

މިނޫންވެސް ޖިންނި އަވަލާ ސަބަބުތައް އެބަހުއްޓެވެ. މިސަބަބުތަކުގެ ވާހަކަ މިބުނެލީ މިކަންކަމަށް ސަމާލުކަންދޭ މީހުންގެ ޢަދަދު މަދުވަމުން އަންނާތީއެވެ. ޖިންނި އަވަލުމުން އެކިމީހުންނަށް މެދުވެރިވާނީ އެކި އުނދަގޫތަކެވެ. ކުރިމަތިވާ އުނދަގޫތައްވެސް ތަފާތުވާނެއެވެ.  

މިފަދަ ޙާލަތުން ސަލާމަތްވުމަށް އޮތީ ހަމަ އެންމެ މަގެކެވެ. ދީނުގައިވާ މަގުން ޢަމަލުކުރުމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދަން މަސައްކަތްކުރުމެވެ. އަދި ގެއިން ބޭރުގައި އުޅޭއިރުވެސް ގޭގައި އުޅޭއިރުވެސް ޢަމަލުތައް އިސްލާމް ދީނުގައިވާ އިންތަކުގައި ބެހެއްޓުމެވެ. ޖިންނި އަވަލައިފާނެ ކަމަށް މިބުނި ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުކަންދިނުމެވެ. އެއިރުން އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން