މިއަދު ދުނިޔޭގައި ތިބި މުސްލިމުން އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހިފައި މިއޮތީ މާފަހުން ފައުޅުވާނެ އެންމެ ބޮޑު ދައްޖާލަކަށް ނޫން! މިހާރު ފައުޅުވެގެން އުޅޭ ދައްޖާލުންތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 10ސ
މިއަދު ދުނިޔޭގައި ތިބި މުސްލިމުން އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހިފައި މިއޮތީ މާފަހުން ފައުޅުވާނެ އެންމެ ބޮޑު ދައްޖާލަކަށް ނޫން! މިހާރު ފައުޅުވެގެން އުޅޭ ދައްޖާލުންތަކަށް!

ދީނަށް ޢަމަލުކުރަން މަސައްކަތް ފަށައި ދުވަސްކޮޅެއްފާއިތުވާތަނުން ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެ އަޅުކަމާއި އަދި ދީނުގެ ޙުކުމްތަކާއި ދުރުހެލިވާ މީހުން އަންނަނީ ގިނަވަމުންނެވެ. އެހެންވެ މަސައްކަތްމިކުރަނީ އެކަމުގެ ސަބަބު ބަޔާންކޮށްދެވޭތޯއެވެ. އަޑުއަހައި ޢަމަލުކޮށްފި މީހަކަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ  

އަހުރެމެންނާއި ކުރިމަތިލާންޖެހިފައިވާ ބޮޑެތި ނުރައްކާތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިންވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްލާމް ދީނުގައި ޘާބިތުވެ ހުރުމަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.  

ބޮޑު ދައްޖާލުގެ ކުރިން ދައްޖާލުތަކެއް ފައުޅުވާނެ ކަމާއި ފައުޅުވާ ދައްޖާލުންތައް، ބޮޑު ދައްޖާލަށް މަގުފަހިކޮށްދޭން މަސައްކަތްކުރާނެ ކަމުގެ މައްޗަށް ވަރަށް ގިނަ ދަރުސްތަކުގައި ވާނީ އަލިއަޅުވާލެވިފައެވެ. މިރޭވެސް ތަކުރާރު މިކުރަނީ ހަމަ އެމަސައްކަތެވެ. ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.  

އަހުރެމެންނާއިއެކު މިސްކިތުގައި ވަގުތުތައް ހޭދަ ކުރި ދެ މީހަކު ނުފެންނާތީ ބެލިއިރު ވަނީ ފައުޅުވެގެން އުޅޭ ދައްޖާލުނަތްކުގެ ތެރެއިން ދައްޖާލެއްގެ މަޅީގައި ޖެހި ބަނދެވިފައެވެ. މިވާހަކަ މިދައްކަނީ މުސްލިމުންގެ ޢަދަދު މަދުވާތީއެއް ނޫނެވެ. މުސްލިމުންގެ ޢަދަދު ދަނީ އިތުރުވެ ގިނަވަމުންނެވެ.  

އެދެމީހުން ގެއްލުނުފަހުން މިސްކިތުން އިތުރަށް ފެންނަން ފެށި މޫނުތަކުގެ މިހާރުވެސް 20 އަށްވުރެ ގިނައެވެ. ވީމާ އެކަމަށް ކަންބޮޑުވަނީއެއްނޫނެވެ. ކަންބޮޑު މިވަނީ އެންމެ އަޚަކަށް ނަމަވެސް މަގު ގެއްލުމުންނެވެ. ސުވަރުގެއަށް ކުރަމުންދާ ދަތުރުގެ ވަކިހިސާބަކުން ނަރަކައަށް މިސްރާބްޖަހާތީއެވެ.  

ވީމާ ބުނެލަން އޮތީ ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތާއި އެންމެ ފަހު ދިހަ އާޔަތް ހިތުދަސްނުކޮށް އިސްލާމް ދީނުގަ ސާބިތުވެ ހުރުން އުނަދަގޫ ކަމަކަށްވެއްޖެ ކަމަށެވެ. ހިތްވަރުކޮށްލައިގެން ނަމަވެސް މި 20 އާޔަތް ހިތުދަސްކޮށްލާށެވެ! އުފަންވެގެން މިއުޅޭ ދައްޖާލުންތަކުގެ ފިތުނައިންވެސް ސަލާމަތްކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ކަހްފު ސޫރަތުގެ މާތްކަން:

 

ކަހްފު ސޫރަތުގެ މާތްކަމާއި ބެހޭގޮތުން އެތައް ޙަދީޘްތަކެއް ވާރިދުވެގެންވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްތަކުގައިވީއިރު ޞައްޙަ ނޫން ޙަދީޘްތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން ޞައްޙަ ބައެއް ޙަދީޘް ތިރީގައި ހިމަނާލަމެވެ.

 

عن أبي الدرداء أن النبي صلى الله عليه وسلم قال : “مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِوفي رواية من آخر سورة الكهف” [ رواه مسلم ]

 

އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙަމައްދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ.” އަދި ބައެއް ރިވާޔަތްތަކުގައި “ކަހްފު ސޫރަތުގެ ފަހު ދިހައާޔަތް” މިފަދައިންވެސް ވާރިދުވެގެންވެއެވެ.

 

އަދިވެސް ރިވާވެގެންވެއެވެ. وقال رسول الله صلى الله عليه وسلم : “مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنْ فِتْنَةِالدَّجَّالِ” [ صححه الألباني في سلسلة الأحاديث الصحيحة / 582 ]

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ ފިތުނައިން ރައްކާތެރިވެގެންވެއެވެ".

 

وقال صلى الله عليه وسلم : “مَنْ قَرَأَ سُورَةَالْكَهْفِفِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ” [ صححه الألباني في صحيح الترغيب والترهيب / 736 ]

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  "ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ."

 

ކަހްފު ސޫރަތުގެ މާތްކަން: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން