ވަގަށްނަގާ ތަކެއްޗަކީ ކައްވަޅުގައި އަލިފާނުގެ ގޮތުގަ އެމީހަކާ ބައްދަލުކޮށް އެމީހާ އަންދާނެ ތަކެއްތި ކަމަށްވުމުގެ ފުރުޞަތު އެބައޮތްކަން ޙަދީޘްފުޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ވަގަށްނަގާ ތަކެއްޗަކީ ކައްވަޅުގައި އަލިފާނުގެ ގޮތުގަ އެމީހަކާ ބައްދަލުކޮށް އެމީހާ އަންދާނެ ތަކެއްތި ކަމަށްވުމުގެ ފުރުޞަތު އެބައޮތްކަން ޙަދީޘްފުޅުން-

ވައްކަންކުރުން ޢާންމުވެ ވައްކަންކުރަން ބިރުގަންނަ މީހަކު ހުރިކަމަށް ބުނަން އުނދަގޫވާވަރަށް ވައްކަންކުރާ މީހުންގެ ޢަދަދު މިވަނީ ގިނަވެފައެވެ. ވީމާ ވިސްނައިލަމާ ހެއްޔެވެ؟  

ރަސުލް ()ގެ އަތްޕުޅަށް އެއްޗެއް އަރުވަން ދިއަ މިދްއަމް ކިޔާމީހަކު ރަސޫލް () އާއި ވަރަށް އަރިއަހަށް ދެވިފައި ވަނިކޮށް އައި ތީރެއް ހެރި އޭނާ މަރުވިއެވެ. އެވަގުތު އަރިއަރުހައި ތިއްބެވި ޞަހާބީން ވިދާޅުވިއެވެ. "ކޮން ފަދަ ބޮޑު ނަޞިބުވެރިއެއް ހެއްޔެވެ؟ އޭނާ އެދިއައީ ސުވަރުގެއަށެވެ." 

އެކަން އެނގިވަޑައިގަތުމުން ރަސޫލް () ޞަހާބީންނަށް ހަދީޘްފުޅު ކުރެއްވެވިއެވެ. "ﷲ ތަޢާލާ ގަންދެއްވަވައި ޙަދީޘްފުޅު ކުރައްވަވަމެވެ. އޭނާ ވަނީ ހައިބަރުގެ ހަނގުރާމައިގައި ޣަނީމާއަށް ލިބުނު ތަކެތި ބެހުމުގެ ކުރިން ސިއްރުން އެތަނުން ހެދުމެއް ވަގަށް ނަގައިފައެވެ. އެހެދުން ކައްވަޅުގައި އަލިފާނަށްވެ އޭނާ އަންދާނެއެވެ." 

އެހިނދު ޞަޙާބީން ދެއްކެވީ ތަޤްވާވެރިކަމުގެ ލާމަސީލު މިސާލެކެވެ. ޞަޙާބީއަކަށް ރަސޫލް () އަށް ނުދަންނަވައި ނެންގެވިފައި އޮތް ދެ ނާޑުވާކޮޅު ގެނެސް ރަސޫލް () އަށް އެރުވިއެވެ. އަދި ވިދާޅުވިއެވެ. "މިއީ އަޅުގަނޑަށް ކަލޭގެފާނު () ހުއްދަ ނުދެއްވަނީސް ނެންގެވިފައިވާ 2 ނާޑުވާ ކޮޅެވެ. މިއީ އަލިފާނުގެ 2 ނާޑުވާ ކޮޅެވެ. 

މީސްތަކުންނޭވެ! އެމީހަކަށް ޙައްޤު ނޫން އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ! ސިއްރުން އެއްވެސް އެއްޗެއް ނުނަގާށެވެ! ވައްކަން ނުކުރާށެވެ! އެތަކެތި ކައްވަޅުގައި ތިބާ އާއި ބައްލުކުރާނީ އަލިފާނުގެ ގޮތުގައެވެ. އެ އަލިފާން ތިބާ އަނދާނެއެވެ. ކިހައި ދުވަހެއް ވަންދެން ހެއްޔެވެ؟ ޤިޔާމަތްވެ ކައްވަޅުން ތެދުވަން ޖެހެންދެންނެވެ. އެހިސާބުން ދެން ހުރީ ނަރަކައެވެ. ވީމާ ބިރުވެތިވާށެވެ!  

މީހެއްގެ އަތުން ކިތަންމެ ކުޑަކުޑައެއްޗެއް ނަމަވެސް ވަގަށް ނެގިފައިވާނަމަ އަވަހަށް އަނބުރައި ރައްދުކުރާށެވެ. އެއްޗެއް އަތުގައި ނެތްނަމަ ބަދަލުދީ މާފަށް އެދޭށެވެ. ބަދަލު ދެވެން ނެތްނަމަ އެކަން ބަޔާންކޮށް މާފަށް އެދި އެމީހާގެ ހިތްހަލާލް ހޯދާށެވެ!  

ދުނިޔޭގެ އެދުމަށް ދަހިވެތިވެ ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރަން މިއަދު މީހުން ނުކުރާކަމެއް ނެތެވެ. ވައްކަންކުރުން ޢާންމުވެ ކުދިކުދި ވައްކަން ކުރުމަކީ ކުށެއް ކަމަށް ނުވެސްދެކޭ ހިސާބަށް މީސްތަކުންގެ ޢަމަލުތައް މިވަނީ ގޮސްފައެވެ. ވައްކަންކުރުން މިވަނީ ޢާންމު ކަމަށްވެފައެވެ. ނަމަވެސް އެކަމުގައި ހުރި ބިރުވެރިކަން މިކުޑަކުޑަ މިންވަރުންވެސް އެނގިގެންދާނެއެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫ އިބްރާޙީމް ޙުސްނައިނިގެ ދަރުސަކުން

 

 

މިއަދު އޮންލައިން