މަސްވެރިކަމުގެ ތަކެތި އުފައްދާ ފަރާތްތަކުން އެމްފޯއެމްޕީސީ ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަސްވެރިކަމުގެ ތަކެތި އުފައްދާ ފަރާތްތަކުން އެމްފޯއެމްޕީސީ ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯއެމްޕީސީ) އިން، މަސްވެރިކަމުގެ ތަކެތި އުފައްދާ ފަރާތްތަކަށް އެ ކޯޕަރޭޝަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފިޔަވަޅަކީ ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްފޯއެމްޕީސީ އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކުރުމާއި، ދިވެހި މުޖުތަމައަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކެވެ. މިއީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ، އަކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހައި ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް، ބައިނަލްއަޤުވާމީ ބާޒާރުގައި އާއި ރާއްޖޭގެ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމެވެ. އަދި މި އުފެއްދުންތަކުގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުމުގެ ޒިންމާ ވެސް އެމްފޯއެމްޕީސީއާ ވަނީ ހަވާލުކުރެވިފައެވެ. މި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމާއެކު، މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އިތުރު ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމަށް އެމްފޯއެމްޕީސީއަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން