ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލު ރަސްމީކޮށް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލު ރަސްމީކޮށް ހުޅުވައިފި

ޅ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ މަލްޓި-ޕާޕަސް ހޯލު، ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ހޯލު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުރެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ހޯލު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ޅ. ކުރެންދޫގައެވެ. މި ރަސްމިއްޔާތަކީ ރައީސް މުޢިއްޒު ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރެންދޫއަށް ވަޑައިގެންނެވުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތެކެވެ.

ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ނަމަވެސް، ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ.

މި ރަސްމިއްޔާތުގައި ޅ. ކުރެންދޫ ދާއިރާގެ މެމްބަރުގެ އިތުރުން އެރަށު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހޯލަކީ މަދަރުސާގެ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް ހިންގުމަށް ލިބުނު މުހިންމު ވަސީލަތެއްގެ ގޮތުގައި އެރަށުގެ ރައްޔިތުން ދެކެމުން ގެންދެއެވެ.

މިއަދު އޮންލައިން