ހިންނަވަރަށް ރައީސް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ހިންނަވަރަށް ރައީސް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު އަދި މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. ހިންނަވަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނުމަރުހަބާއެއް ދަންނަވަައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޅ. އަދި ކ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި 3 ވަނަ ރަށެވެ. އެގޮތުން، ރައީސް ހިންނަވަރަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިންނަވަރަށް ވަޑައިގެންނެވުމާ ގުޅިގެން، އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ރާވާފައިވާ ގިނަ މަޝްރޫއުތަކެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން، ރައީސްގެ މި ދަތުރުފުޅުގައި ޅ. ހިންނަވަރުގައި ބީއެމްއެލް އިސްލާމިކް ބްރާންޗެއްގެ ބިންގާ އަޅުއްވާދެއްވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި އެރަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެރަށުގައި ޤާއިމްކޮށްފައިވާ ފެނަކަ އޮފީސް ރަސްމީކޮށް ހުޅުވާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޝުޢޫރުތައް އަޑުއައްސަވައި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށްވެސް ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ދައްކުވައިދޭ ކަމެކެވެ.

މިއަދު އޮންލައިން