ހިންނަވަރު ގައި ޤާއިމްކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހިންނަވަރު ގައި ޤާއިމްކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅައިފި

ދިވެހިރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ޅ. ހިންނަވަރުގައި ގާއިމްކުރާ ބީ.އެމް.އެލް އިސްލާމިކް ބްރާންޗުގެ ބިންގާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އަޅުއްވައިދެއްވައިފިއެވެ.

ހިންނަވަރު ގައި ގާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަޅުއްވައިދެއްވީ އެ ކަމަށް ޚާއްޞަކޮށްގެން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ބީއެމްއެލްއިން ބޭންކިންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބޭންކުން ވަނީ އޭޓީއެމްގެ ޚިދުމަތް ދިނުމަށް "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢެއް ފަށާފައެވެ.

މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެ ފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެންބަރު 2024 ގައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން