ނައިފަރަށް ރައީސް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ނައިފަރަށް ރައީސް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު (ޅ. އަތޮޅު) އަދި މާލެ އަތޮޅު (ކ. އަތޮޅު) ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. ނައިފަރަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމާ ގުޅިގެން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޅ. އަދި ކ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ވަޑައިގެންނެވި 4 ވަނަ ރަށެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީގެ ކަންކަން ބައްލަވާލެއްވުމާއި، ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމެވެ.

ނައިފަރަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމާ ގުޅިގެން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ރަށުގެ އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް އެއްވެފައެވެ. ރައްޔިތުންގެ ފަރާތުން ލިބުނު މި ހޫނު މަރުޙަބާއިން އެމަނިކުފާނަށް ނައިފަރު ރައްޔިތުންގެ ތާއީދު އޮތް މިންވަރު ހާމަވެގެންދިޔައެވެ.

ނައިފަރުގައި ރައީސުލްޖުމްހޫރިއްޔާގެ އެޖެންޑާގައި ހިމެނެނީ އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން، އެރަށުގެ ތަރައްޤީއަށް ރާވާފައިވާ ބައެއް މުހިންމު މަޝްރޫއުތައް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން