ޤާއުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހިންނަވަރުގައި ތަރައްޤީކުރުމަށް ހަވާޅުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޤާއުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހިންނަވަރުގައި ތަރައްޤީކުރުމަށް ހަވާޅުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ޅ. ހިންނަވަރުގައި ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

މިއީ ރާއްޖޭގެ ރަށްރަށުގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން ފެށިގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާޅުކުރެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ. ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހިންނަވަރުގައި ޤާއިމުކުރުމަކީ އެރަށުގެ ރައްޔިތުންނަށް ތަޢުލީމީ ގޮތުން ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މި އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. މި މަސައްކަތް ފެށުމާއެކު، ހިންނަވަރުގެ އިތުރުން ކައިރި ރަށްރަށުގެ ދަރިވަރުންނަށްވެސް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފަސޭހަ މަގުތައް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން