ހެޔޮލަފާ އަނބިންގެ ބަސް ބަލައިނުގަނެ ދެމަފިރިންގެ ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެ! ތަޖުރިބާއިން ޔަޤީންކޮށްލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހެޔޮލަފާ އަނބިންގެ ބަސް ބަލައިނުގަނެ ދެމަފިރިންގެ ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެ! ތަޖުރިބާއިން ޔަޤީންކޮށްލައްވާ!

އަޅުގަނޑުގެ 2 ދައްތަވެސް ތިބީ ކައިވެނިކޮށްގެންނެވެ. 2 ދައްތަވެސް ތިބެނީ ގޭގައެވެ. ވަޒިފާއަދާކުރަނީ ފިރިންނެވެ. ދޮށީ ދައްތަގެ ފިރިމީހާއަށް ލިބެނީވެސް މަދުންނެވެ. އެކަމަކު ދިރިއުޅެނީ ގިނައިން ލިބޭ ދައްތަގެ ދެމަފިރިންނަށްވުރެ މާއުފަލުގައެވެ.

އެހެންވެ މަންމައާއި ސުވާލުކުރުމުން މަންމަ ބުނަނީ ދޮންތަގެ ފިރިމީހާއަކީ ދޮންތަގެ ބަސް ޤަބޫލުކުރާ ފިރިއެއް ކަމަށާއި ތުއްތަގެ ފިރިމީހާއަކީ ތުއްތަގެ ބަސް އެއްވެސް ވަރަކަށް ޤަބޫލުކުރާ މީހެއް ނޫންކަމަށެވެ. އެފެންނަނީ އެކަމުގެ ހުރި ތަފާތުކަމަށެވެ.

މަންމަ އެބުނާ ވާހައިގައި އެއްވެސް ޙަޤީޤަތެއް އޮވެދާނެތޯ؟ ހަމަ ދަސްކޮށްލަންވެގެން!

ކިޔުންތެރިޔާއަށް ދަންނަޥާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! މަންމައަކީ ޝައިޚާއަކަށް ނުވިޔަސް މަންމައަށް އެބުނެވެނީ ޝައިޚޫންވެސް ވިދާޅުވާފަދަ ވާހަކައެއްކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ

އަހުރެން މިދައްކަނީ މިހައިތަނަށް ކުރެވުނު އެންމެ ބޮޑު އެއް ދިރާސާގެ ވާހަކައެވެ. ކައިވެނީގެ ކަންކަން ދިރާސާކުރުމުގައި ދުނިޔޭގެ އެންމެ މަޝްހޫރުކަން ހޯދާފައިވާ ޖޯން ގޮޓްމަން އާއި އޭނާގެ ޓީމުން އަލަށް ކައިވެނިކުރާ ދެމަފިރިންގެ ކަންކަން 6 އަހަރުވަންދެން ބެލުމަށްފަހު ހާމަކުރި ރިޕޯޓެއްގެ ވާހަކައެވެ.

އެމީހުން ދިރާސާކުރީ ކައިވެނި ކާމިޔާބުކުރެވޭ ސަބަބުތަކާއި ފޭލްވާން މެދުވެރިވާ ސަބަބުތަކެވެ. އެކަންކަން ބެލުމަށްފަހު ޢާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ލޯތްބާއި އެކުވެރިކަމާއިއެކު ކައިވެނި ކާމިޔާބު ކުރެވުނު އެންމެ ބޮޑު ސަބަބަކީ ފިރިމީހާގެ މައްޗަށް ނުފޫޒު ހިންގުމުގެ އިޚްތިޔާރު އަނބިމީހާއަށް ދިނުން ކަމަށެވެ. އަދި 81 އިންސައްތަ ކައިވެނި ރޫޅިގެން ދިއައީ ދެމަފިރިންގެ މެދުގައި މަޝްވަރާނުކުރެވުމުން ކަމަށެވެ.

އެކަމަކު އަނބިމީހާ ބަހެއް ބުނެފިނަމަ، ފާޑުކިޔައިފިނަމަ އަހުރެމެން މިތިބެނީ ރުޅިއައިސް ރަތްވެފައެވެ. އަނބިމީހާގެ މަޝްވަރާ ބޭނުންކުރަނީ ވަރަށް މަދު މީހެކެވެ. އެހެންވީއިރު ނިކަން ބުނެބަލާށެވެ. އަހުރެމެންގެ ކައިވެނި ކާމިޔާބުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

އަނބިމީހާ ވަކި ގޮތަކަށް ކަމެއްކުރަން ބުނެފިނަމަ ގިނަ ފިރިހެނުންނަށް އެކަން ބަލައެއް ނުގަނެވެއެވެ. މިއީ ކައިވެނި ކާމިޔާބުކުރެވޭނެ ގޮތެއް ނޫނެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު ކަމެއްގެ ވާހަކަ ބުނިނަމަވެސް ދެމީހުން މަޝްވަރާކުރަންޖެހޭނެއެވެ.

--ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން