ކިތަންމެ ބުރަކޮށް މަސައްކަތްކޮށްފައި ގެއަށްވަނަސް އަނބިމީހާއަށާ ދަރިންނަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަ އެއީ ސުންނަތަށް ޢަމަލުކުރާ މީހެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކިތަންމެ ބުރަކޮށް މަސައްކަތްކޮށްފައި ގެއަށްވަނަސް އަނބިމީހާއަށާ ދަރިންނަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަ އެއީ ސުންނަތަށް ޢަމަލުކުރާ މީހެއް ނޫން!

އަހުރެން ދެކޭ ގޮތުގައި ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް ފެންނާނީ ޤުރްޢާނާއި ސުންނަތުންނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ ކިބައިގައި މީސްތަކުންނަށް ފައިދާކުރާނެ އެންމެ ރިވެތި އަޚްލާޤްވާކަމަށެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ވަނީ ޢަމަލުފުޅުތަކުން އެކަން އުންމަތަށް ދައްކަވައި ދެއްވަވައިފައެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ އަށްވުރެ ބޮޑަށް އަދި ބުރަކޮށް މަސްއޫލިއްޔަތު އަދާކުރީ ކާކުހެއްޔެވެ؟ ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމައަށްވުރެ ގިނަ ވަޤުތު މަސައްކަތުގައި ހޭދަކުރީ ކާކުހެއްޔެވެ؟ ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ އަށްވުރެ ބޮޑަށް ކަންކަމަށް ވިސްނަންޖެހުނީ ކާކަށް ހެއްޔެވެ؟  

އެހެންކަމާއިއެކުވެސް އެއްވެސް އަނބިކަނބަލެއްގެ ގަނޑުވަރުކޮޅަށް ވަދެވަޑައިގަތުމަށްފަހު ތިމަންކަލޭގެފާނު މިހުންނެވީ ވަރުބަލިފުޅުވެވަޑައިގެން ކަމަށް ވިދާޅެއް ނުވެއެވެ. އެކަނބަލުންނާއިއެކު ވަޤުތު ހޭދަކުރެއްވެވީއެވެ. ގަނޑުވަރުކޮޅުތަކުގެ މަސައްކަތްޕުޅުތަކުގައި އެހީތެރިވެވަޑައިގަތީއެވެ.  

ނަމަވެސް އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް ކަންކަން މިކުރެވެނީ ކިހިނަކުންހެއްޔެވެ؟ ގެއަށް ވަދެވޭއިރު ތިބެނީ ވަރުބަލިވެގެން ހަލާކުވާވަރުވެފައެވެ. އެހެންވެ ދަރިއަކަށް އަލައެއް ނުލެވެއެވެ. އަނބިމީހާއަށް ސަމާލުކަމެއް ނުދެވެއެވެ. ގޭތެރޭގެ އެއްވެސް ކަމެއްގައި އެހީތެރިއެއް ނުވެއެވެ. އެކަމަކު ބަރާބަރަށް ފޯނަށް ސަމާލުކަން ދެވެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިއާދަތައް ބަދަލުކުރަން އެބަޖެހެއެވެ. ސުންނަތަށް ޢަމަލުކުރަން އެބަޖެހެއެވެ. ދުނިޔޭގެ ދިރިއުޚުންވެސް އުފާވެރިކުރެވޭނީ އެއިރުންނެވެ. ދެދުނިޔެ ކާމިޔާބުކުރެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން