ކުރިމަތިވާ ނުރަނގަޅު، ގެއްލުންހުރި ހުރިހާ ކަމަކުންވެސް ރައްކައުތެރިކަމަށް އެދިގެން ކުރަން އޮތް ޛިކުރުކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކުރިމަތިވާ ނުރަނގަޅު، ގެއްލުންހުރި ހުރިހާ ކަމަކުންވެސް ރައްކައުތެރިކަމަށް އެދިގެން ކުރަން އޮތް ޛިކުރުކު!

މިޛިކުރަކީ ހަދިޔާއެކެވެ. ހަދިޔާއެއް ކަމަށް މިބުނަނީ އަހުރެން ތިއަ އެންމެންނަށް މިކަން ހަނދުމަކޮށްދޭތީއެވެ. މިފަދަ ޛިކުރުތައް ބައިވަރެވެ. މައްސަލައަކީ ކިޔަން ކަންނެތްވެވޭ ކަމެވެ. އަދި ހަނދާންވެސް ނުކުރެވޭ ކަމެވެ.

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކުރިމަތި ނުވާ ނުބައިކަމެއް ނެތެވެ. ނުބައި ކަންކަން ކުރިމަތިނުވާނީ ކާކުގެ ކިބައިންކަމަށް ބުނެވޭކަށް ނެތެވެ. އެކުގައި ތިބެނީވެސް ރަނގަޅު މީހުން ކަމަށް ބެލެވޭކަށް ނެތެވެ. އަހުރެމްނެގެ ވަށައިގެން މިވަނީ ނުބައި ކަންކަމެވެ. ބޮޑެތި ނުރައްކާތަކެވެ. 

أَعُوذُ بِكلِمَاتِ الله التّامّاتِ مِن شَرّ مَا خَلَقَ

އެންމެހައި ނުބައި ކަންކަމުން ސަލާމަތްކުރެއްވެވުން އެދި މިޛިކުރްކުރުން ގިނަކުރާށެވެ! ގެއިން ބޭރަށް ނުކުންނަނަމަވެސް މީހަކާއި ބައްދަލުކުރިނަމަވެސްމެއެވެ. އެސްފީނާ އާއި އެހެންވެސް ނުބައިކަމެއް އަރައިހަމަކުރާނީ ކޮން އިރަކު ކަމެއް ނުއެނގޭނެއެވެ.

މި ޛިކުރުގެ މާނައިގައި ވަނީ އެންމެ މަތިވެރި އިސްމްފުޅުތަކުން ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދެމެވެ. ވަކިކަމަކަށް ނޫނެވެ. އެންމެހައި ނުބައި ކަންކަމުންނެވެ. އިންސީންނާއި ޖިންނީންނާއި ޖަނަވާރުތަކާއި ސޫފިތަކާއި ފަނިފަކުސަތަކާއި މިހެން ގޮސް ނުބައި ކަމެއް ކރިމަތިވެދާނެ އެންމެހައި ކަމަކުންނެވެ. ހުރިހާ އެއްޗެއްގެ ކިބައިންނެވެ.

ވީމާ ރައްކައުތެރިކަމަށް އެދި މިފަދަ ޛިކުރްތައް ކިޔުން ގިނަކުރާށެވެ! ރައްކައުތެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވެވުމުންނެވެ. ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވައިފި އަޅަކަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ދެވޭނެ ފަޜާތެއް ނުވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން