ޢާއިޝަތު ރަފާޙް ޢަލީ
ދުވާލުގެ ގިނަ ވަޤުތުތައް ހޭދަކުރެވެނީ ކޮންމެވެސް މަސައްކަތެއް ކުރުމުގައެވެ. އެހެންކަމުން ގިނަ ބައަކަށް އޮންނަނީ ކީރިތި ޤުރްއާން ކިޔަވައިލާނެ ވަޤުތު ނުވެފައެވެ. ރޭގަނޑުވާއިރު ތިބެނީ ވަރުބަލިވެފައެވެ. އެހެންކަމާއިއެކުވެސް އެންމެ މަދުމިނަކަށް 100 އާޔަތް ނުކިޔަވައި ނުނިދަންވީ ސަބަބު މިއޮތީ ޙަދީޘްފުޅުން ފެންނާށެވެ!
· «مَنْ حَافَظَ عَلَى هَؤُلاءِ الصَّلَوَاتِ الْمَكْتُوبَاتِ لَمْ يُكْتَبْ مِنَ الْغَافِلِينَ، وَمَنْ قَرَأَ فِي لَيْلَةٍ مِائَةَ أَيَّةٍ كُتِبَ مِنَ الْقَانِتِينَ».
މާނައީ: “ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެއްޖެމީހާ ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ. އަދި ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހަކު ކިޔަމަންތެރިވީ އަޅުންގެ ތެރެއިން ލިޔުއްވޭ ހުއްޓެވެ.”
تخريج حديث: من حافظ على هؤلاء الصلوات المكتوبات لم يكتب من الغافلين (alukah.net)
· لا حَسَدَ إلَّا في اثْنَتَيْنِ: رَجُلٌ عَلَّمَهُ اللَّهُ القُرْآنَ، فَهو يَتْلُوهُ آناءَ اللَّيْلِ، وآناءَ النَّهارِ، فَسَمِعَهُ جارٌ له، فقالَ: لَيْتَنِي أُوتِيتُ مِثْلَ ما أُوتِيَ فُلانٌ، فَعَمِلْتُ مِثْلَ ما يَعْمَلُ، ورَجُلٌ آتاهُ اللَّهُ مالًا فَهو يُهْلِكُهُ في الحَقِّ، فقالَ رَجُلٌ: لَيْتَنِي أُوتِيتُ مِثْلَ ما أُوتِيَ فُلانٌ، فَعَمِلْتُ مِثْلَ ما يَعْمَلُ.
މާނައީ: “ދެކަމެއްގައި މެނުވީ ޙަސަދަވެރިވުމެއް ނުވެއެވެ. ﷲ މީހަކަށް ޤުރުއާން އުނގަންނަވައި ދެއްވަވައި އެމީހަކު ރެޔާއި ދުވާލު އެ ޤުރުއާން ކިޔަވައެވެ. ދެން އެ އަޑު އަވަށްޓެރިއަކަށް އިވުމުން ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށްވެސް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ. އަދި ﷲ މީހަކަށް މުދާ ދެއްވައި، އެމީހަކު ޙައްޤުގޮތުގައި އެ މުދާ ހޭދަކުރެއެވެ. ދެން މީހަކު ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށްވެސް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ.”
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)