ކުރެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެނަކައާ ހަވާލުކޮ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކުރެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެނަކައާ ހަވާލުކޮ ބިންގާ އަޅައިފި

ޅ. ކުރެންދޫގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށް، އެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. ކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙުގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު އަދި އެ ރަށު ކައުންސިލްގެ ރައީސެވެ. މި މަޝްރޫޢު ފެނަކައާ ހަވާލުކުރުމަކީ ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ކުޅިވަރުގެ ފުރުސަތުތައް ފުޅާކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.

މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށް ނިމޭއިރު، އެތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. އެގޮތުން އިންޑޯ ޖިމަކާއި، އެރޮބިކްސް ކުރުމަށް ޚާއްސަ ތަނަކާއި، އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ހިމެނޭނެއެވެ. މި ސެންޓަރުގެ ސަބަބުން ކުރެންދޫގެ ޒުވާނުންނާއި، އާންމު ރައްޔިތުންނަށް ހަށިހެޔޮ ދިރިއުޅުމެއް ހޯދުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން