ކާށިދޫ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކާށިދޫ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާއަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކާށިދޫއަށް ކުރެއްވި ޒިޔާރަތުގައި، އެރަށު ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައި، ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިއީ ރަށު ފެންވަރުގައި ބޭނުންވާ މުހިންމު ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފެށިގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި މިފަދަ ތަރައްޤީގެ މަޝްރޫޢެއްގެ ބިންގާ އެޅުމަކީ، ރައްޔިތުންނަށް ސިއްޙީ ޚިދުމަތްތައް ފުޅާކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަވާ ކަމެކެވެ.

މި ސެންޓަރުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރާއި، ކާށިދޫ ދާއިރާގެ މެމްބަރުގެ އިތުރުން އެރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.

މި ސެންޓަރު ޤާއިމުކުރެވުމުން ކާށިދޫގެ ރައްޔިތުންނަށް ފަރުވާގެ ޚިދުމަތްތައް ފަސޭހައިން ލިބި، ޑްރަގް ރިހެބިލިޓޭޝަންގެ ބޭނުންތައް ރަށުން ފުއްދޭނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން