ކ. ދިއްފުށީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ދިއްފުށީގައި ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދު الله ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއ،ި ދިއްފުށީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން 4000 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހަދާނެއެވެ.
މި މަޝްރޫޢަކީ 5.34 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތެކެވެ. އެގޮތުން، 240 ދުވަސްތެރޭ ނިންމަން ހަމަޖެހިފައިވާ މި މަސައްކަތުގެ ތެރޭގައި ކޮނުމާއި ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތާއ،ި ކޮންކްރީޓް މަސައްކަތްތަކާއ،ި ފުރާޅުގެ މަސައްކަތްތަކާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން މޭސަނަރީ މަސައްކަތާއ،ި ތަޅުންގަނޑ،ު ސީލިންގް އަދި ފާރުގެ ފިނިޝިންގ މަސައްކަތްތަކާއ،ި މެކޭނިކަލް އަދި ކަރަންޓުގެ މަސައްކަތްތަކާއ،ި ޕްލަމްބިންގ މަސައްކަތް ވެސް ކުރިއަށްގެންދާނެއެވެ.
1400 މީހުންގެ އާބާދީއެއް ދިރިއުޅޭ ދިއްފުށީގައި މި ފެށިގެންދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު، މި ރަށު ރައްޔިތުންނަށް އިޖުތިމާޢީ ގޮތުންނާއި ޞިއްޙީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.
އެމްޓީސީސީ އަކީ 1980 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގައި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.