އަނބިމީހާގެ ގާތުގަ އޭނާދެކެ ލޯބިވާކަމަށް ބުނުން ހުއްޓާލެވޭނެ ޢުމުރެއް އައިސްގެން ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަނބިމީހާގެ ގާތުގަ އޭނާދެކެ ލޯބިވާކަމަށް ބުނުން ހުއްޓާލެވޭނެ ޢުމުރެއް އައިސްގެން ނުވާނެ!: މުފްތީ މެންކް

ލޯބިވެގެންއުޅޭދުވަސްވަރު ތިބާދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ބުނަމުއެވެ. އިރުއިރުކޮޅުން ފޯނުކުރިޔަސް އެވާހަކަ ނުބެނެ ކަނޑައެއް ނުލެވެއެވެ. މިހެން އުޅެމުން ގޮސް ކައިވެނިކުރުމަށްފަހު ހަނީމޫނުގެ ދުވަސްކޮޅު ނިމުމާއިއެކު ގިނަބައަކު އެވާހަަކ ބުނުން ހުއްޓައިލައެވެ.

މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ސަބަބަކަށްވަނީ ކުރިން ބުނަމުން އައި ވާހަކައެއް ބުނުން ހުއްޓައިލުމުން އަނބިމީހާއަށް އެކަމަކީ ވަރަށް ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެވެ. އެހިސާބުން ފިރިމީހާ މިހާރު ތިމާދެކެ ލޯބިނުވަނީކަމަށް ޤަބޫލުކުރެވެން ފަށައެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދަނީ ބައިވެރިޔާ އާއިމެދު ހިތުގައި ޝައްކުތައް އުފެދެން ފެށުމެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ޖެހޭ ކުދިކުދި ކަންކަންވެސް އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ޤަބޫލުކުރެވެން ފެށުމެވެ.  

ގިނަ ފަހަރު ލޯބިވާވާހަކަ ބުނުން ހުއްޓައިލެވެނީ ލޯބިނުވާތީއެއް ނޫނެވެ. ކައިވެނިކުރެވުމުން އެއީ ބުނަން އެހައި މުހިންމު ވާހަކައެއް ނޫންކަމަށް ވިސްނޭތީއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ފިރިމީހާއަކީ ކިތަންމެ ވަފާތެރި އަދި ތަޤްވާވެރި މީހަކު ނަމަވެސް ފިރިމީހާގެ ކިބައިން އެބަހުގެ އަޑުއިވެން އަނބިމީހާ އަބަދުވެސް ބޭނުންވާނެއެވެ.  

އަނބިއަނބިކަނބަލުންނަށް އެންމެ ހެޔޮ، އެންމެ ބޮޑު ތަޤްވާވެރިއަކީވެސް އަހުރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އެހެންކަމާއިއެކުވެސް ޢާއިޝަތުގެފާނު ކުރައްވަވާފައިވާ ސުވާލުފުޅުތަކުން އަހުރެން މިބުނަނީ ތެދެއްކަމަށް ދަލީލުލިބޭނެއެވެ. އަދި އެކަމުން އެނގެނީ އެއަޑު މާގިނައިން އިވެން އަހުރެމެންގެ އަނބިން ބޭނުންވާނެ ކަމެވެ.  

މިހުރީ ޒަވާޖީ ޙަޔާތް އުފަލުގައި ދަމަހައްޓަން ވަރަށް ފަސޭހައިން ކުރެވެންހުރި ކަންކަމެވެ. ވީމާ ސަމާލުކަން އިތުރުކުރަން މަސައްކަތްކުރަމާ ހިނގާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން