އަނބިމީހާ ފުރިހަމަ ގޮތުގައި އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރާނަމަ ގިނަ ބައަކަށް ޤަބޫލުކުރެވެނީ އޭނާއަކީ ގޮތްހުސްވެ ނިކަމެތިވެފައިވާ އަޅެއް ފަދަ އަންހެނަކު ކަމަށެވެ.
މިޘާލަކަށް ބުނާނަމަ ފިރިމީހާގެ ހުއްދަނެތި ގެއިން ބޭރަކަށް ނުދެއެވެ. އަމުރެއް ކޮށްފިނަމަ ކިޔަމަންތެރިވެއެވެ. ފިރިމީހާގެ މުދަލަށް ރައްކައުތެރިވެއެވެ. އިސްރާފަކަށްވާނެ އެއްވެސް ކަމެއް ނުކުރެއެވެ. ޚަރަދުކުރަނީ ކިރިޔާ ފުދޭނެ ވަރަކަށެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ފިރިމީހާގެ ހިތަށް އުފާވެރިކަން ހޯދައިދޭން ކުރެވެންހުރި ހުރިހާ ކަމެއް ކުރެއެވެ.
ބުނަން ހެއްޔެވެ؟ އެއީ ގޮތްވެފައި ހުރި އަންހެނެއް ނޫނެވެ. އޭނާ އެހުރީ އޭނާގެ ގޮތުގައެވެ. އޭނާ މަސައްކަތް އެކުރަނީ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްގެން ސުވަރުގެ ލިބިގަތުމަށެވެ. އެހެންކަމަށްވާއިރު އޭނާއަށްވުރެ ގޮތް ހުރި އަންހެނަކީ ކޮބައިހެއްޔެވެ؟
ހިތާމައަކީ މިފަދަ ރަނގަޅު އަނބިންގެ ވަޒަންނުކުރެވޭ ކަމެވެ. އެމީހުންނަކީ އެއްވެސް އަގެއް ނެތް ގޮތްހުސްވެފައިވާ ބައެއްގެ ގޮތުގައި ޤަބޫލުކުރެވޭ ކަމެވެ. މައްސަލައަކީ އަންތބަކަށް ބޭނުންވަނީ މިބަޔާންކުރި ސިފަތައް ހުންނަ އަންހެނަކު ކަމަށް ބުނަމުން މިސިފަތަކާއި އިދިކޮޅު ސިފަތައް ހުންނަ އަންހެނުންގެ ފަހަތުން ދުވެވޭކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން