ﷲ ގެ ޙުކުމްފުޅުތަކަށް ބޯނުލެނބުމާ ތަންފީޒުނުކުރުމަކީ ކައްވަޅުގަވެސް ގަދަފަދަ ޢަޛާބް ދެއްވަވާނެ ކަމެއް! ސަލާމަތްކަން ހޯދުމަކީ އެމީހެއްގެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ﷲ ގެ ޙުކުމްފުޅުތަކަށް ބޯނުލެނބުމާ ތަންފީޒުނުކުރުމަކީ ކައްވަޅުގަވެސް ގަދަފަދަ ޢަޛާބް ދެއްވަވާނެ ކަމެއް! ސަލާމަތްކަން ހޯދުމަކީ އެމީހެއްގެ ކަމެއް!

ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޒުކުރުމުގެ ވާހަކަ ދައްކަންފަށާއިރަށް ވައްކަންކުރާ މީހުންގެ އަތްކެނޑުމާއި ޒިނޭކުރާ މީހުން ރަޖަމްކުރުމާއި ޤިޞާޞްހިފުން ކަމަށް ބަލައި ނިންމައެއް ނުލެވޭނެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ޢާއިލީ ޒިންމާތައް އަދާކުރުމަކީވެސް ހަަމ ކުރަން އަންގަވާފައިވާ ކަންކަމެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ތެދުވެރިވުމަށްވެސް ވަނީ އަންގަވައިފައެވެ.  

ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ ޙުކުމްފުޅުތައް އެނގޭއިރުވެސް ބައަކު ރުއްސަން ނުވަތަ ބުރައަކަށްވެގެން އެޙުކުމްފުޅުތަކަށް ޢަމަލުނުކުރުން މިދަނީ ގިނަވަމުންނެވެ. އެފަދަ މީހުން ވިސްނައިލާށެވެ. 

"ދެން ފެނިވަޑައިގަތީ މީހެއްގެ ބޮލުގައި ބޮޑު ހިލައަކުން ޖަހައި ޗިސްކޮށްލެވޭތަނެވެ. ޗިސްކޮށްލުމާއިއެކު ހިލަ ފުރޮޅިގެން ދެއެވެ. އެ ހިލަ ނަގައިގެން އެމީހާގެ ގާތަށްދާއިރު ބޯއޮންނަނީ ކުރިން ހުރި ގޮތަށް ރުޖޫޢަވެފައެވެ. އަނެއްކާވެސް ހިލައިން ޖަހައި ޗިސްކޮށްލައެވެ. އެކަން ދިއައީ ތަކުރާރުވަމުންނެވެ." 

އެއީ ކާކުކަން ބަޔާންކުރައްވަވައި ދެއްވަވަމުން މަލާއިކަތުން ދެންނެވީ ހިލައަކުން ބޯ ޗިސްކުރެވެމުން އެދަނީ ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ގޮތް އެނގި އަމަލު ނުކުރި މީހާ ކަމަށެވެ. ޤިޔާމަތްވުމާއި ހަމައަށް ކައްވަޅުގައި އެމީހާއަށް ދާނީ އެފަދައިން ޢަޛާބު ލިބެމުން ކަމަށެވެ.  

މިއީ ރަސޫލް  އަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވިކަން ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ. 

މީސްތަކުންނޭވެ! ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ގޮތް ނުވަތަ ކަންކަން އެނގި ތިބެމެ ކުޑަވެސް ޖެހިލުމެއް ނެތި ޢަމަލުނުކުރުން މިއަދު މިވަނީ ޢާންމުކަމެކެވެ. ވެރިކަމުގެ ފަރާތުން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒު ނުކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ވެރިންނަށެވެ. ތަންފީޒުކުރަން ނުޖެހޭނެ ގޮތަށް ޤާނޫނުތައް ފާސްކުރާ ބައެކެވެ. އެއީ ތިމާ ފަރުދީ ގޮތުން ކުރަންޖެހޭ ކަންކަން ނުކުރަން ދެއްކޭނެ ޙުއްޖަތެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހަކު ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިއުމެވެ. ޤުރްއާނަށް ޢަމަލު ކުރުމެވެ. ނުކޮށްފިނަމަ ކައްވަޅުގައި ކުރިމަތިވާނީ ހަމަ މިޙާލަތެވެ. އެމީހެއްގެ ސަލާމަތްކަން ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން