މާލީ ދަތިކަމެއްގައި އުޅެންޖެހިފައިވާނަމަ ދަމުނަމާދާއި ފަތިސްނަމާދަށްފަހު ނިކަން މިދުޢާކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މާލީ ދަތިކަމެއްގައި އުޅެންޖެހިފައިވާނަމަ ދަމުނަމާދާއި ފަތިސްނަމާދަށްފަހު ނިކަން މިދުޢާކޮށްބަލަ!

އެކަނިވެރިމައަކަށްވާންޖެހުމުންނާއި އެހެންވެސް ސަބަބުތައް މެދުވެރިވެ ދަތިޙާލުގައި އުޅެންޖެހިފައިވާނަމަ ދަމުނަމާދާއި އަދި ފަތިސްނަމާދަށްފަހު ނިކައިން މިފަދައިން ދުޢާކުރަންފަށައިބަލާށެވެ! ރިޒުޤް ތަނަވަސްކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ  

ޔާ ﷲ! އިނބަ ﷲ އީ މިއަޅާ އާއި އެންމެހައި މީސްތަކުން ދުނިޔޭގައި އުޅެމުންދާ ޙާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެންމެހައި މީސްތަކުންނަށް ރިޒުޤް ދެއްވަވާ ރަސްކަލާނގެއެވެ. އިނބަ ﷲ ފިޔަވައި އަޅަމެންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ.  

ޔާ ﷲ! މިއަޅާއަށާއި މިއަޅާފަދައިން ދުނިޔޭގެ ކަންކޮޅުތަކުގައި ދަތިޙާލުގައިވާ އެންމެންނަށް ކުރިމަތިވެފައިވާ ދަތިޙާލުން ސަލާމަތްކޮށްދެއްވަވާނދޭވެ! ޙަލާލް ނޫން މަގަކުން ލިބޭ އެއްވެސް އެއްޗެއް ބޭނުންނުކޮށް ކެތްތެރިވުމުގެ ހިތްވަރު އަޅަމެންނަށް ދެއްވަވާނދޭވެ! އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން