އަހުރެމެންނަކީ މުސްލިމުންނެވެ. ﷲ ތަޢާލާ އެދިވޮޑިގަންނަވާ ކަންކަމުގެ ތެރޭގައި އެކަލާނގެ ދީނަށް މީސްތަކުންނަށް ގޮވައިލުން ހިމެނެއެވެ. އެއީ ހަމަ އަހުރެމެންނަށް ފައިދާއަކަށެވެ. އަހުރެމެންނަށް ގިނަގުނަ ޘަވާބު ދެއްވަވަވަށެވެ. ﷲ ތަޢާލާ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ.
ތިބާ އެއްވެސް މީހަކު އިސްލާމް ކުރުވިންތޯ ކުރައްވަވާނެ ސުވާލަށް ޖަވާބުދޭން ކުރަން އޮތް ހަމައެކަނި ކަމަކީ ކާފިރަކު އިސްލާމް ކުރުވުމެއް ނޫނެވެ. ނަމާދުނުކުރާތީ ދީނުން ބޭރުވެފައި ތިބި މީހުންނަށް އެކަން ވިސްނައިދީ ނަމާދުކުރަން ފަށަން ބާރުއެޅުވުމަކީވެސް މީހަކު ދީނަށް ވެއްދުން ފަދަ ކަމެކެވެ.
ވީމާ ކޮންމެ މީހަކުވެސް އެމީހެއްގެ އެކުވެރިންގެ ތެރޭގައި ތިބި ނަމާދުނުކުރާ މީހުންނަށް ވިސްނައިދީގެން އެމީހުން ލައްވައި ނަމާދުކުރުވަން ފެށްޓޭތޯ މަސައްކަތްކުރާށެވެ. އެއީ އެމީހަކު އިސްލާމްކުރުވުން ފަދަ ކަމެކެވެ.
ތިބާ ނަމާދަށްދާއިރު އެފަދަ މީހަކުބ ގެންދެވޭތޯ މަސައްކަތްކުރާށެވެ! ފޯނުން ގުޅާފައިވެސް ނަމާދުކުރަން ބުނާށެވެ! ތިބާގެ ސަބަބުން އޭނާ ނަމާދުކުރަން ފަށައިފިނަމަ އެއީ ކޮން ފަަދ ބޮޑު ނަބީބެއްހެއްޔެވެ؟ އެކަމަށް ދެއްވަވާނެ ޘަވާބު ގުނައި ޢަދަދުވެސް ނުކުރެވޭނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން