އުރީދޫގެ ލިވް އަންލިމިޓަޑް ކެމްޕެއިނުގެ 10 ވަނަ ނަސީބުވެރިއަކަށް އިބްރާހިމް ވަޖްދީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އުރީދޫގެ ލިވް އަންލިމިޓަޑް ކެމްޕެއިނުގެ 10 ވަނަ ނަސީބުވެރިއަކަށް އިބްރާހިމް ވަޖްދީ

އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 10 ވަނަ ނަސީބުވެރި ފަރާތަކަށް އިބްރާހިމް ވަޖްދީ، ގދ. ވާދޫ ހޮވިފައިވާކަން އުފަލާއެކު އިއުލާންކޮށްފި އެވެ.

އިބްރާހިމް ވަޖްދީ އަށް މި ލަކީ ޑްރޯ ގައި ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. އޭނާގެ ފަރާތުން އިނާމާއި ހަވާލުވީ މުހައްމަދު އިބްރާހިމްއެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. 

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:
ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ.
ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2މީހަކަށް ހައްޖު ދަތުރެކެވެ.


މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް :.
އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން

އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން

20 އަހަރުގެ ކުޑަމުއްދަތުގައި އުރީދޫ އިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ.

 

ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ތިރީގައިވާ ލިންކް ފޮލޯ ކުރައްވާ

ore.do/liveunlimited

 

މިއަދު އޮންލައިން