ބޭންކް އޮފް މޯލްޑިވްއިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބޭންކް އޮފް މޯލްޑިވްއިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު އެކައުންޓުން މުއާމަލާތްކުރުމަށް ހާއްސަކޮށްގެން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފިއެވެ. މި އައު ކާޑުން ކަސްޓަމަރުންނަށް ގްލޯބަލް ވިސާ ނެޓްވޯކް މެދުވެރިކޮށް މުއާމަލާތްކުރެވޭ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބޭ ހާއްސަ  އިނާޔަތް ލިބިގެންދާނެއެވެ.

މި ކާޑުގެ ހާއްސަ ފީޗަރތަކުގެ ތެރޭގައި ހިމެނެނީ:

· ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ ފައިސާގެ އަދަދުގެ ދެގުނަ އިތުރުވާނެ، މިގޮތުން 3,200 ޑޮލަރު ނެގޭނެ

· ދުވާލެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރުމަށް ދުވާލަކަށް 5,000 ޑޮލަރު  

· ވިސާގެ ބައިނަލްއަގްވާމީ އޮފަރތަކާއި، 24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާޖް ހިދުމަތް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "އަޅުގަނޑުމެންގެ އައު ވިސާ ޕްލެޓިނަމް ޑެބިޓް ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުގައި ހުންނަ ފަންޑުތަކަށް ފަސޭހައިން ވާސިލުވެ، ޕްރިމިއަމް ފެންވަރުގެ ތަޖުރިބާވެސް ލިބޭނެ ކާޑެއް. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް އިންޓަރނޭޝަނަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްދިނުން. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިންގ ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރެވުނު ކާޑެއް."

އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް، ކަސްޓަމަރުންނަށް މިހާރު މި ކާޑަށް އެދި ހުށަހެޅޭނެއެވެ.  

 

މިއަދު އޮންލައިން