ކަނބަލުންގެ ފޭރާން ދިގުވެ ފައިން އެރޫވަރަށް ދިގުނުކުރާށެވެ! ހިނގައި އުޅެން އުނދަގޫވާވަރުގެ އުސްފައިވާނަށް ނާރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކަނބަލުންގެ ފޭރާން ދިގުވެ ފައިން އެރޫވަރަށް ދިގުނުކުރާށެވެ! ހިނގައި އުޅެން އުނދަގޫވާވަރުގެ އުސްފައިވާނަށް ނާރާށެވެ!

ލޮބުވެތި ކަނބަލުންނޭވެ! ފޭރާންލުމުގައި ބަލަންވީ ﷲ ތަޢާލާ އަންގަވާފައިވާ މިނަށް ނިވާވުމަށެވެ. ފޭރާންލުމުގައިވެސް އިސްރާފުކުރުމެއް ނެތެވެ. ބިންމަތީގައި ދެމޭވަރަށް ދިގުކޮށް ފޭރާންނުލާށެވެ! އެއިރުން އެކުރެވެނީ އިސްރާފެވެ.  

ލޮބުވެތިކަނބަލުންނޭވެ! ތިއަ ކަނބަލުންނަށް މިއަދު ލިބިފައިވާ ރީތިކަމަށް ފަޚުރުވެރިނުވާށެވެ! އެރީތިކަން އަބަދު ތިބާއާއިއެކުގައި ނުހުންނާނެކަން ޤަބޫލުކުރާށެވެ! ކިތަންމެ ވަރަކަށް ޕޮލިޝްކުރިޔަސް ޢުމުރުން ދުވަސްވުމުން ނުވަތަ ބައެއްފަހަރު އެއިގެކުރިންވެސް މޫނާއި ގައިގައި ރޫނުޖެހޭނެ ގޮތެއް ނުވާނެއެވެ.  

ބައެއް ކަނބަލުން ލާފޭރަންދިގުވެ ބިމުގައި ދެމޭތީ ފައިން އެރި މޫނުވަތަށް އެބަވެއްޓެއެވެ. އަނެއްބައި ކަނބަލުން ހައިހީލްސްގެ ކަށި ދިގުވެ ފައިފުރޮޅާލައިގެން އެބަވެއްޓެއެވެ. އެޙާލަތުގައި އެތަން ފެންނަ މީސްތަކުންގެ މަލާމާތް އެމީހަކަށް ލިބިގެންދެއެވެ.  

އެކަމަކު އެއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އެފަދަ ޙާލަތުގައިވެސް ފުރައްސާރަކޮށްގެން ނުވާނެއެވެ. ލަދު ގަންނަވަން މަސައްކަތްކޮށްގެން ނުވާނެއެވެ. އޮތީ ރިވެތި ގޮތުގައި ނަޞޭޙަތްދިނުމެވެ. އަދި އެހީތެރިވުމެވެ.  

އަދި ބުނަން ހެއްޔެވެ؟ ލޮބުވެތި ކަނބަލުން ވިސްނާށެވެ! މިބުނި ފަދަ ކަންކަން ދިމާނުވާނެ ގޮތަށް ދިރިއުޅެން މަސައްކަތްކުރާށެވެ! ދެއްކުންތެރިވާން މަސައްކަތް ނުކުރާށެވެ. އެމީހަކަށް ކެރިކުޅަދާނަވާ މީންވަރުން ފޭރާންލައި އަދި ފައިވާނަށްވެސް އަރާށެވެ! ހިނގާފައިދާއިރު ފައިވާނުގެ ކަށީގެ އަޑު ގޮއްވަމުން ނުހިނގާށެވެ. ފައިދަށުވެ ވެއްޓިދާނެ މިންވަރަށް ހެދުން ދިގުވެސް ނުކުރާށެވެ. ފޭރާން ލުމުގައިވެސް އަދި ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ މިންގަނޑުތަކުގައި ހިފަހައްޓާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން