ދުޢާ ކުރުމުގަ ޘާބިތުވެއްޖެނަމަ ލައްވަވާނެ އެންމެ ބޮޑު ރަޙްމަތް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދުޢާ ކުރުމުގަ ޘާބިތުވެއްޖެނަމަ ލައްވަވާނެ އެންމެ ބޮޑު ރަޙްމަތް-: މުފްތީ މެންކް

ﷲ ތަޢާލާއީ ތިބާ ދުޢާކޮށް އެދިދަންނަވާ ހުރިހާ ކަމެއް، ތިބާ އެދޭ ގޮތަށް ވަޤުތުން ހިންމަވައިދެއްވަވަން ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެހެންކަމާއިއެކުވެސް ހިންމަވައި ނުދެއްވަވައިފާނެއެވެ. އެކަމަކު އެއިގެ ބަދަލުގައި ތިބާއަށް މާފައިދާބޮޑު އެތައް ބައިވަރު ކަންތައްތަކެއް މިންވަރުފުޅުކޮށްދެއްވަވައިފާނެއެވެ.  

އެކަންކަން ތިބާއަށް ލިބުމުން ތިބާއަށާއި ތިބާ ދަންނަ މީހުންނަށްވެސް ޙައިރާންކަން ލިބި އެކަމުގެ ވާހަކަދައްކާނެތެވެ. އެއީ ދުވަހަކުވެސް ތިބާއަށް ލިބޭނެ ކަމަށް ތިބާވެސް އަދި އެހެން މީހަކުވެސް އުންމީދުވެސް ކުރި ކަންކަން ކަމަށް ނުވާތީއެވެ.  

އަދި ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ! ތިބާގެ ބޭނުންތައް މާފުރިހަމައަށް އަދި މާގިނައިންވެސް ފުއްދަވައިދެއްވަވައިފީމެވެ. އެއީ ތިބާއަށް ދުވަހަކުވެސް ނުދެއްވަވާނެކަމަކަށް އެދި ތިބާ ތަކުރާރުކޮށް ދުޢާކުރަމުން ގެންދިއައީތީއެވެ.  

މީސްތަކުންނޭވެ! ކޮންމެ ކަމަކަށް އެދިގެން ނަމަވެސް ދުޢާކުރުމަށްފަހު މާޔޫސްނުވާށެވެ! ދުޢާކުރުންމަތީގައި ޘާބިތުވެހުންނާށެވެ! ކުރިން މިބުނި ފަދައިން ތިބާއަށް ނުވެސް ވިސްނޭވަރުގެ އަދި އުންމީދުވެސް ނުކުރާ ބޮޑެތި ރަޙްމަތްތައް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން