ހަނދުމަކޮށްދިނުމެއް!: ދަރިވަރަކަށް ޙައިޟްގެ މުއްދަތުގަ ޤުރްއާން ފިލާވަޅު ގެއްލޭނަމަ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހަނދުމަކޮށްދިނުމެއް!: ދަރިވަރަކަށް ޙައިޟްގެ މުއްދަތުގަ ޤުރްއާން ފިލާވަޅު ގެއްލޭނަމަ ޢަމަލުކުރާނެ ގޮތް-

ޙައިޟްގެ މުއްދަތުގައި ޤުރްއާން ފިލާވަޅު ގެއްލޭނަމަ ޢަމަލުކުރާނެ ގޮތް އޮޅުންފިލުވަން ގިނަބައަކު ސުވާލުކުރާތީ ބުނަމެވެ.  

ޖުނުބުވެރިކަމުގެ ޙާލަތުގައާއި ހައިޟް ނިފާސް ކަމުގެ ޙާލަތުގައި ވުޟޫއެއް ނުކުރެވޭނެއެވެ. ވުޟޫޢުކުރުމާއި ނުލައި މުޞްޙަފްގައި އަންހެނަކަށްވެސް އަދި ފިރިހެނަކަށް ވެސް ނުބީހެވޭނެއެވެ. އެކަން ހުއްދައެއް ނޫނެވެ.  

އެހެންކަމުން ޤުރްއާން އުނގެނެމުންދާ އަންހެނުން ހައިޟުވުމުން ގިނަ ދުވަސްތަކެއްވަންދެން މުޞްޙަފްގައި ނުބީހެވި ހުންނަން ޖެހުމުން މައްސަލައަކަށްވެއެވެ. ކިޔަވާ ފިލާވަޅުތައް ހަނދާން ނެތުމެވެ. ދަސްކުރަންޖެހޭ ފިލާވަޅުތައް ދަސްނުކުރެވުމެވެ. އެހެންކަމުން މިޙާލަތުގައި ޢަމަލުކުރާނެ ގޮތަކާއިބެހޭ ގޮތުން ގިނަ ބައަކު ކަންބޮޑުވެއެވެ.  

އެމީހުންނަށް ބުނެލަން އޮތީ މުޞްޙަފްގައި ނުބީހި އުނގެނޭށެވެ. މިހާރު އެކަން ކުރެވޭނެ މަގުތައް ފެންނަން އެބައޮތެވެ. ފޯނުން ނުވަތަ ޓެބްލެޓް ނުވަތަ ކޮމްޕިޔުޓަރުން ބަލައިގެން ކިޔަވައި އުނގެނޭށެވެ. އެކަން ޙައިޟުވެރިޔާއަށް އަދި ނިފާސްވެރިޔާއަށް ހުއްދައެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދު

 

ޙައިޟުވެރިޔާ ފޯނުން ޤުރްއާން ކިޔެވި ނަމަވެސް ގަނޑު އުކުން ފަދަ ކަންކަން ކުރުން ރަނގަޅީ އެހެން މީހަކު ލައްވައެވެ. އެކަމުގެ ދަލީލަކީ ފޯނުން ޤުރްއާން ހުޅުވައިގެން ހުރެ ފޯނު ހިފައިގެން ފާޚާނާއަށް ނުވަދެވޭ ކަމާއި ވަންނަނަމަ އެޕްލިކޭޝަން ކްލޯޒްކުރަންޖެހޭ ކަމެވެ.

 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން