ދެމަފިރިން އެކަކުއަނެކެއްގެ ކިބައިން ކަންކަމަށް އެދޭއިރު ސަމާލުކަންދޭންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދެމަފިރިން އެކަކުއަނެކެއްގެ ކިބައިން ކަންކަމަށް އެދޭއިރު ސަމާލުކަންދޭންޖެހޭނެ ކަމެއް!

ބުރަކޮށް މަސައްކަތްކުރާ ފިރިން ގެއަށް ވަންނާނީ ވަރުބަލިވެގެން ހުރެއެވެ. ހަމައެކަނި ހަށިގަނޑެއް ނޫނެވެ. ހަށިގަނޑަށްވުރެ ބޮޑަށް ވަރުބަލިވާނީ ސިކުނޑިއެވެ. ވީމާ އެޙާލަތުގައި ފުރަތަމަ ކަމަކަށް އޭނާއަށް ހިނިތުންވެ މަރުޙަބާ ކިޔާށެވެ! އަދި އޭނާގެ ޠަބީޢަތް ހަމަޖައްސާލަން ވަޤުތުކޮޅެއް ދޭށެވެ. 

ބޭނުންވެގެން ހުންނަ ކަންކަމުގެ ވާހަކަ ބުނަންވާނީ އޭނާގެ ސިކުނޑިން ވަރުބަލިކަން ފިލައި ސިކުނޑިއަށް ހަމަޖެހުން ލިބުނުކަން ޔަޤީންކުރުމަށްފަހުގައެވެ. 

ފިރިމީހާއަށް ގެއަށް އައުދެވުނުއިރު އަނބިމީހާ ބުރަކޮށް މަސައްކަތްކުރަން ހުރިނަމަ އަނބިމީހާގެ ކިބައިން ކްނަކަމަސް އެދެންވާނީވެސް މިބުނި މަގުން ވިސްނައިގެންނެވެ. ކުރަންހުރި މަސައްކަތްނިމި އޭނާގެ ހަށިގަނޑަށާއި ސިކުނޑިއަށް ހަމަޖެހުން ލިބުނީމައެވެ.  

އެންމެންވެސް ޤަބޫލުކުރާ 2 ކަމެއް އޮވެއެވެ. އެއްކަމަކީ ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓޭނީ އެކަކު އަނެކަކަށް އިޙްތިރާމްކުރިވަރަކުން ކަމެވެ. އިޙްތިރާމް ކުރުމަކީ ހަމައެކަނި އަދަބުވެރި ގޮތުގައި ވާހަކަދެއްކުމެއްވެސް ނޫނެވެ. އަނެކާގެ ޙާލަތަށާއި ވަޤުތަށް އަދި ޠަބީޢަތަށްވެސް އިޙްތިރާމްކުރަންވާނެއެވެ. ދެވަނަ ކަމަކީ އެކަކު އަނެކަކަށް ހިތްވަރުދޭންޖެހޭނެ ކަމެވެ. ފިރިމީހާ އަނބިމީހާއަށް އަދި އަނބިމީހާ ފިރިމީހާއަށް ހިތްވަރުދޭންވާނެއެވެ.  

މިކަންކަމަށް ސަމާލުކަންދޭނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް މަދުވާނެއެވެ. ޝަކުވާކުރަންޖެހުމާއި ކްނަބޮޑުވުންތައްވެސް މަދުވާނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން